ބަޔަކު ދަރުސް އަޑުއަހަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
02 May 2025 | 13:11
އެންމެ ނުބައި މީހަކީ، އެމީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ މީހާ: ޚުތުބާ

އެންމެ ނުބައި މީހަކީ، އެމީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލައި، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ“ މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى އެކަލާނގެ ކަލާމްފުޅުގައި، އަޅުތަކުންނަށް އަމުރުކުރައްވައިފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށެވެ.

ބައިބައިވުންތަކާއި ދެބަސްވުންތަކާއި ނަހީކުރައްވައި، އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. އަދި މާތް اللهގެ މަތިވެރިކަމަށާއި އެކަލާނގެ ޛާތުފުޅަށް ޓަކައި އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި، ހެޔޮ ކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށް ކަމަށްވެސް ޚުތުބާގައި ބުންޏެވެ. 

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ!  

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަޞިއްޔަތްކުރުމަކީ، މާތް اللهއާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއް ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

ޚުތުބާގައި ބުނެފައިވާގޮތުން މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ، މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބަޔެކެވެ. 

أَبُوْ مُوسَى الْأَشْعَرِي - رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ. ތިމަންމެން ދެންނެވީމެވެ. اللهގެ ރަސޫލާއެވެ! އެންމެ ހެޔޮ މުސްލިމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެ މީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." 

ހުކުރު ޚުތުބާ

އެހެންކަމުން، މުސްލިމަކަށް އުނދަގޫކޮށް، އޭނާގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާނު ވާހަކަތައް ފަތުރައި، އޭނާ ދެރަކޮށް، ނިކަމެތިކޮށްނުލުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އަނެކާއަށް ބަދުބަސްބުނެ، ފަޟީޙަތް ނުކުރުމަށާއި، އޭނާއަށް ކުރެވޭ ކުށްތައް ހާމަކޮށް، ފަޟީޙަތްނުކުރުމަށް ޚުތުބާގައި ނަޞޭހަތްތެރިވިއެވެ.

ކޮމެންޓް
އިއްބެ
އެއްމެނުބައިމީހަކީދޮގުހަދާ އޮޅުވާލާ ޢަދުލުއިންސާފުއެއްކިބައިކޮށް ޚިޔާނަތްތެރިވާވެރިން
02 May 2025
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.