އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް މުހައްމަދު މުއިއްޒު
ހަބަރު
03 May 2025 | 18:22
އަބްދުއްރަހީމާއި މައްސަލައެއް ނެތް، އަޅުގަނޑުމެން މިއީ ރަހްމަތްތެރީން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް މުއިއްޒާއި އަބްދުއްރަހީމާއި އޮތް ގުޅުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން," ރައީސް ވިދާޅުވި އެވެ.

ރައީސާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވާހަކަތައް ދެކެވެމުން ދަނިކޮށް ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރެއްވި އެވެ. ފައިސަލް އަކީ އަބްދުއްރަހީމްގެ ދޮށީ ދަރިކަލުންނެވެ. އޭގެ ފަހުން އަބްދުއްރަހީމްގެ ގާތް ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކި ކުރައްވާފަ އެވެ.

އަދި ރައީސް މުއިއްޒު, ރައީސް ކަން ކުރައްވާ ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކުރި ކަމަށް އަޑުފެތުރުނެވެ. އަބްދުއްރަހީމަކީ ޕީއެންސީގެ ކުރީގެ ރައީސެވެ. މިހާރުގެ ޗެއާޕާސަން އެވެ.

މި ސަރުކާރުގެ ކުރީކޮޅު އަބްދުއްރަހީމް ހުންނެވީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށެވެ. ރައީސްގެ ދިފާއުގައި ކުރީން އަބްދުއްރަހީމް ދައްކަވަމުން ގެންދެވި މިންވަރާއި ގާތަށް ވެސް މިހާރު ވާހަކައެއް ނުދައްކަވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.