ޕާކިސްތާނުގެ ލާހޫރާ އިންވެގެން އޮންނަ އިންޑިއާގެ އަމްރިތްސާ ޑިސްޓްރިކްޓްގައި އިންޑިއާ ސިފައިން ފޯރިމަރަނީ... ފޮޓޯ: ހިންދޫ
ދުނިޔެ
04 May 2025 | 09:12
ޕާކިސްތާނުން މެދުނުކެނޑި 10 ވަނަ ރޭ އިންޑިއާއަށް ޙަމަލާދީފި

ޕަހަލްގަމްގައި ހަނގުރާމަވެރިން ޙަމަލާދީ 26 މީހުން މަރާލި ޙާދިސާއަށްފަހު، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިއިން ޒަމާނަކު ގޯސްނުވާހާ ގޯސްވެފާއިރު، ރޭވެސް ޕާކިސްތާނުން ޙަމަލާދީފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިމިވަނީ، އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޕާކިސްތާނުގެ ހަނގުރާމަވެރންގެ ބަޔަކު ކަޝްމީރުގެ އިންޑިއާފަޅީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ވާދީއެއްކަމަށްވާ ޕަހަލްގަމްއަށް ހަމަލާދިނުމާއި ގުޅިގެންނެވެ. ލަޝްކަރޭ ތައިބާއާއި ގުޅުން އޮންނަ ޖަމާއަތަކަށް ނިސްބަތްވާކަމަށް އިންޑިއާއިން ތުހުމަތުކުރާ ހަނގުރާމަވެރި ޖަމާޢަތަކުން ދިން މިހަމަލާގައި 26 މީހަކު ވަނީ މަރާލާފައެވެ. 

ހަނގުރާމަވެރިންނަށް ވާގިވެރިވާކަމުގެ ތުހުމަތާއި، ޕާކިސްތާނުގެ ތެރެއިން އިންޑިއާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ނުކުރާކަމުގެ ތުހުމަތުގައި އިންޑިއާއިން ވަނީ ޕާކިސްތާނުގެ ސަރުކާރާއި ދެކޮޅަށް މިހަމަލާއަށްފަހު ފިޔަވަޅުތަކެއް އަޅާފައެވެ. ދެގައުމުގެ ދެމެދުގައި އޮންނަ ސަރަހައްދީ އިމުގެ މަސްރަހު އިތުރަށް ހޫނުވެފައިވަނީ މިކަމުގެ ސަބަބުންނެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ރޭވެސް ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނުން ޙަމަލާދިން ކަމަށާއި، މިއީ މެދުނުކެނޑި ޕާކިސްތާނުން މިގޮތަށް ޙަމަލާދިން 10 ވަނަ ރޭ ކަމަށެވެ. އަދި ރޭގެ ހަމަލާތަކަކީ މި 10 ރޭގެ ތެރެއިން އެންމެ ވަރުގަދަ ހަމަލާތައް ދިން ރޭ ކަމަށެވެ. އެގޮތުން ލައިން އޮފް ކޮންޓްރޯލްގެ އިންޑިއާ ފަޅީގައި އޮންނަ ކުޕްވަރާ، ބަރަމުއްލާ، ޕޫންޗް، ރަޖައޫރީ، މެންދަރް، ސުންދަރްބާނީ އަދި އަޚްނޫރުގެ ތެރެއަށް ޕާކިސްތާނުން ހަމަލާދިންކަމަށް އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ހެނދުނު ބުންޏެވެ. މިއީ މުޅިންވެސް ކަޝްމީރުގެ އިންޑިއާ ފަޅީގެ އަވަށްތަކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.