ނަތަންޔާހޫ: ފޮަޓޯ/ ބީބީސީ
ދުނިޔެ
04 May 2025 | 15:29
ފަސް އަހަރު ދުވަހަށް ޤަތުލް ޢާއްމު މެދުކަނޑާލަން އިސްރާއިލުން އެއްބަހެއް ނުވި!

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު ފަސްއަހަރު ދުވަހަށް މެދުކަނޑާލަން ހަމާސް އިން ހުށަހެޅި ހުށަހެޅުމަށް އިސްރާއިލުން ދެކޮޅު ހަދައިފިއެވެ. 

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އަބްދުއްރަހްމާން ޝަދީދު ވިދާޅުވީ، ފަސްއަހަރަށް ޤަތުލްއާއްމު މެދުކަނޑާލަން ހުށަހެޅި ހުށަހެޅުމުގައި ހިމެނެނީ ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ޣައްޒާ އަލުން އާރާސްތުކުރުމާއި، އަދި ޣަދި ޣައްޒާ ހިންގުމަށް މިނިވަން އިދާރީ ކޮމިޓީއެއް އުފެއްދުމެވެ.

"ހައްދުފަހަނައަޅާފައިވާ ނެތަންޔާހޫގެ ސަރުކާރުން ހަމާސްގެ ހުށަހެޅުން ބަލައިނުގަތް. ހަނގުރާ ނިންމުމަށް އެއްބަސްނުވެ، ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއިލު ގައިދީންގެ މައްޗަށްވެސް ވިސްނާލުމެއް ނެތި އޭނާ ދެކޮޅުހެދީ،" ޝަދީދު ހަމާސްގެ ރަސްމީ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ހަމާސްއިން ބުނާ ގޮތުގައި، އެ ޖަމާޢަތުން މެދުވެރިންނާއެކު އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން އަންގާފައިވެއެވެ. އަދި އެއްބަސްވުމުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުން ހިމެނެންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ބުންޏެވެ. 

މީގެއިތުރުން، ހަމާސްއިން ބުނީ އެމެރިކާ އާއި އެ ޤައުމުގެ ބައިވެރިން ޣައްޒާގައި ހިންގާ "އަނިޔާވެރިކަމާއި، ނަސްލު ނައްތާލުމާއި، ބަނޑަށްޖެއްސުމުގެ ހަނގުރާމައިގައި" ބައިވެރިވާކަމަށެވެ.

އިސްރާއިލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިވަގުތު ޣައްޒާގައި 59 އެމީހުންގެ ގައިދީން އެބަ ތިއްބެވެ. އަދި، 9،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އިސްރާއިލުގެ ޖަލުތަކުގައި ބަންދުކޮށްފައިވެއެވެ. އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ރިޕޯޓުކުރާ ގޮތުގައި މި ގައިދީންނަށް އަނިޔާކުރުމާއި، ކާންނުދިނުމާއި، ސިއްޙީ އިހުމާލުވުން ފަދަ ކަންކަން ފުޅާ ދާއިރާއެއްގައި ހިނގަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.