ރައީސް އާސިފް އަލީ ޒަރުދާރީ އާއި, ޗައިނާ ސަފީރުގެ ބައްދަލުވުން...ފޮޓޯ: ޕާކިސްތާން ޓައިމްސް
ދުނިޔެ
05 May 2025 | 19:30
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި، ޗައިނާ ސަފީރުގެ ހާއްސަ ބައްދަލުވުމެއް!

އިންޑިއާ އާ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާ, އެޤައުމުގައި ހުންނަ ޗައިނާ ސަފީރު ޖިއާންގ ޒައިދޯންގެ ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައެވެ. މި ބައްދަލުވުމާ ބެހޭގޮތުން ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައިވަނީ، މިއީ ޕާކިސްތާނާ ޗައިނާ އާ ދެޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އެނޫންވެސް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ އެންމެފަހުން ކަޝްމީރުގައި ހިނގާދިޔަ ހާދިސާއަށްފަހު، އިންޑިއާއިން އެޤައުމާމެދު އަމަލުކުރަމުން އަންނަ ގޮތުގެ ކަންބޮޑުވުން ޗައިނާ ސަފީރާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ރައީސް ޒަރުދާރީ ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްކުރުމަށް އިންޑިއާއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާގެ އަމަލުތައް މިހާރު ހުރީ ސަރަހައްދަށްވެސް ނުރައްކާވާފަދަ ގޮތަކަށްކަމަށް ޒަރުދާރީ ވިދާޅުވެފައިވާކަމަށް ޕާކިސްތާނުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ ޕާކިސްތާނަކީ އެޤައުމާ ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެއްކަށް ހަނދާންކޮށްދީ، ދެޤައުމުގެ ދެމެދު އޮތް ގުޅުން ގުޅިފައިވާ ދަގަނޑު ގަނޑެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ޕާކިސްތާނަށް އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި އެހީވުމަށް އެޤައުމުން އަބަދުވެސް އޮންނާނޭކަމަށް ޗައިނާ ސަފީރު ޖިއާން ވިދާޅުވެފައިވާަކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވެއެވެ. 

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް ޒަރުދާރީވަނީ އެޤައުމާއެކު ޗައިނާ އޮތްކަމަށްޓަކައި އެޤައުމަށް ޝުކުރު އަދާކުރައްވައި އެކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް