އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް ގާއިމުކުުރުން
ހަބަރު
06 May 2025 | 23:36
އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުޕަ އެޕެއް ކަމަށްވާ އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއައިބީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އީޒެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޒެޕް ގެ މެނެޖިން ޑިރެކްޓަރު އަހްމަދު މައުރޫފް އަބްދުލް ހަކީމް އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.

އީޒެޕުން ބުނީ މި އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަށް  އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުންވެސް ފަސޭހަމާއެކު ފައިސާ ދައްކާލެވޭނެ އެވެ.

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް ގާއިމުކުުރުން 

އީޒެޕުން ބުނި ގޮތުގައި އެމް އައި ބީ ގްލޯބަލް ޕޭ އިންޓަގްރޭޓް ކުރުން އޮތީ ޓެސްޓިން ފޭޒްގައި ކަމާައި މޭ މަސް ތެރޭގައި  އިންޓަގްރޭޝަން ނިންމާލައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކާޑުން ކަނޑާލެވޭނެ ގޮތް ފަހި ވެގެން ދާނެ އެވެ.

އެގޮތުން ކޮންމެ ބޭންކެއްގެ ވިސާ އަދި މާސްޓާ ކާޑު އީޒެޕްގައި ބޭނުން ކުރެވޭނެއެވެ. 

ސުޕައެޕެއްގެ ގޮތުގައި ދާދި ފަހުން ލޯންޗުކުރި އީޒެޕް މެދުވެރިކޮށް ފުޑް ޑެލިވަރީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނަކާއި، ކަންމަތީ ފިހާރައަކުން ލިބޭ ހުރިހާ އެއްޗެއް ވެސް ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ޓެކްސީ އާއި ސައިކަލު ޓެކްސީގެ ހިދުމަތް ވެސް އެ އެޕް މެދުވެރިކޮށް ވަނީ ފަށާފަ އެވެ. ޑްރައިވަރުން އިތުރުވީ ވަރަކަށް އެ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށް އީޒެޕުން ބުނެ އެވެ. އެއްވެސް ކަމިޝަނެއް ނުވަތަ ފީ އަކާ ނުލައި ޑްރައިވަރުންނަށް އީޒެޕާ ގުޅުމުގެ ފުރުސަތު ވަކި މުއްދަތަކަށް ވަނީ ފަހިކޮށްދީފަ އެވެ.

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް ގާއިމުކުުރުން 

އީޒެޕަކީ ދިވެހި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ދިވެހި ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ އެޕެކެވެ. 

މި އެޕް މެދުވެރިކޮށް ހިދުމަތް ދޭން ބޭނުންވާ ވިޔަފާރިތަކަށް 7560606 މެދުވެރިކޮށް ވަޓްސެޕް މެސެޖް ކުރައްވައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި އީޒެޕުން ހިދްމަތް ދޭން ބޭނުންވާ ފަރާތްތައް ގިނަވުމުން ގުޅުއްވުމުގެ ބަދަލުގައި މެސެޖް ކުރެއްވުމަށް އީޒެޕުން އެދިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ