އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ
ދުނިޔެ
08 May 2025 | 10:44
މުޅި ޣައްޒާއަށް ވެރިވެ އެހީތައް ކޮންޓްރޯލް ކުރުމަށް، އިސްރާއީލުގެ ބޮޑު ރޭވުމެއް!

ޣައްޒާ ހިސޯރުކޮށް، އެހީތައް ކޮންޓްރޯލް ކުރުމުގެ ހުއްދަ އަސްކަރިއްޔާއަށް ދިނުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފިއެވެ. އެއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާއްމު އިތުރަށް ވަރުގަދަވެގެންދާނެކަން އިއުލާން ކޮށްފައެވެ. 

އިސްރާއީލުގެ ޑިފެންސް އޮފިޝަލެއް ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަން ފެށޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ދަތުރުފުޅު ނިންމާލުމުންނެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ރިޕޯޓުކުރި ގޮތުގައި މި އައު ރޭވުމަކީ މަހުން މަހަށް ކުރިއަށްދާނެ ރޭވުމެކެވެ. އަދި މި ރޭވުމުގެ ތެރެއިން ފުރަތަމަ އަމާޒުކުރާނީ ޣައްޒާގެ އެއް ސަރަހައްދަކަށެވެ.

މިކަމާއި ގުޅިގެން ޖައްބާރު ނެތަންޔާހޫ އާއްމު ކުރި ވިޑިއޯ މެސެޖެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނުގައި ފަލަސްތީނުގެ ރައްޔިތުން "އެމީހުންގެ ރައްކާތެރިކަމަށްޓަކައި" ޣައްޒާއިން ނެރޭނެ ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިން މިފަހަރު ހިފާ ސަރަހައްދުތައް ދޫނުކޮށް ހިފަހައްޓާނެ ކަމަށް ވެސް ބުންޏެވެ.

އިސްރާއީލުގެ ސިފައިން މިހާރު ވަނީ ޣައްޒާގެ ތިންބައިކުޅަ އެއްބައި ހިސޯރުކޮށްފައެވެ. އަދި އެ ސަރަހައްދުގެ އާބާދީ ނެރެ، ސެކިއުރިޓީ ޒޯންތަކެއްގެ ގޮތުގައި އެ ސަރަހައްދުތައް ބަދަލުކޮށްފައެވެ. އެހެންނަމަވެސް، މި އައު ރޭވުމުގެ ދަށުން މުޅި ޣައްޒާ ހިސޯރުކޮށް، އާބާދީ ދެކުނަށް ބަދަލުކޮށް، އިންސާނީ އެހީތައް ހަމާސްގެ އަތްމައްޗަށް ދޫނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރާނެ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފައިވެއެވެ. 

އިސްރާއިލުން ސުންނާފަތި ކޮށްފައިވާ ޣައްޒާގެ ސަރަހަެއްދެއް: ފޮޓޯ/ އިންޓަނެޓް

އިސްރާއީލުން ހިންގަމުންދިޔަ ޤަތުލު ޢާއްމު މެދުކަނޑާލުމަށްފަހު، އަލުން މާރޗް މަހު އެކަން އަލުން ފެށީ، ޣައްޒާއަށް އެހީ ފޯރުކޮށްދޭނެ މަގުތައްވެސް ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން އދ. އިން ވަނީ ޣައްޒާގެ 2.3 މިލިއަން އާބާދީ ބަނޑަށްޖެހުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިންޒާރު ދީފައެވެ.

އިސްރާއީލުގެ ޑިފެންސް އޮފިޝަލް ބުނެފައިވާ ގޮތުގައި ޣައްޒާގެ ވަށައިގެން ހިފާފައިވާ ސެކިއުރިޓީ ޒޯންތައް އެމީހުން ދުލެއް ނުކުރާނެއެވެ. އެއީ އިސްރާއީލުގެ އާބާދީތައް ރައްކާތެރިކުރުމަށް މުހިންމު ސަރަހައްދުތަކެއް ކަމަށް ވާތީއެވެ.

މިކަމާއި ގުޅިގެން ހަމާސްގެ އޮފިޝަލް މަހްމޫދު މަރްދަވީ ވިދާޅުވެފައިވަނީ މި "ބިރުދެއްކުމާއި މަޖުބޫރުކުރުން" ބަލައިނުގަންނާނެ ކަމަށެވެ. އަދި "ހަނގުރާމަ ހުއްޓުވައި، ޣައްޒާއިން އިސްރާއީލުގެ ސިފައިން އެއްކޮށް ނެރެ، ޣައްޒާ އަލުން އިމާރާތްކުރުމާއި، ދެފަރާތުގެ ހުރިހާ ގައިދީން ދޫކޮށްލުން" ހިމެނޭ އެއްބަސްވުމަކަށް މެނުވީ އެއްބަސްނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލްގެ ޤަތުލު ޢާއްމު ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި އިސްރާއީލުގެ 1,200 އެއްހާ މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދެވުނެވެ. އޭގެފަހުން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 52,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ. އަދި ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ވީރާނާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް