ޣައްޒާގެ ކުޑަ ކުއްޖެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
11 May 2025 | 12:01
ޣައްޒާގެ 65،000 އަށްވުރެ ގިނަ ކުދިން ތިބީ ހައިހޫނުކަމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައި!

ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭ މަގުތައް ނިރުބަވެރި އިސްރާއީލުން ބަންދުކުރުމުގެ ސަބަބުން 65،000 އަށްވުރެ ގިނަ ކުޑަކުދިން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. 

ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އިސްރާއީލުން ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ތަކެތި ހިމެނޭ 39،000 އަށްވުރެ ގިނަ އެހީގެ ޓްރަކު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ. މިކަމަކީ 2.4 މިލިއަން އާންމު ރައްޔިތުންނާ ދެކޮޅަށް ކުރާ ބޮޑު ކުށެއް ކަމަށާ އަދި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.

"ޣައްޒާގެ ހުރިހާ ބޭކަރީތަކެއް ވެސް ވިދިވިދިގެން 40 ދުވަހު ވަނީ ބަންދުކުރެވިފައި. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ރޮށި/ޕާން ފަދަ ތަކެތި ލިބުމުގެ ފުރުސަތު ގެއްލިފައިވޭ،" ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

"އިސްރާއީލުން އާންމު ރައްޔިތުންނާ ދެކޮޅަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާތީ، މިހާރު 65،000 އަށްވުރެ ގިނަ ކުޑަކުދިން ތިބީ ބަނޑުހައިހޫނުކަމުން މަރުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައި."

ޣައްޒާގެ ކަމާ ބެހޭ އިދާރާތައް

މީގެ އިތުރުން، ޣާއްޒާއަށް އެހޫ ވައްދާ މަގުތައް ބަންދު ކޮށްފައިވާތާ 70 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމުގެ ސަބަބުން ޣައްޒާގެ އިންސާނީ އެހީ އަދި ޞިއްޙީ ޚިދުމަތްތަކުގެ ނިޒާމު ވަނީ މުޅިން ހަލާކުވެފައި ކަމަށް ސަރަޙައްދުގެ އިދާރާތަކުން ބުނެފައިވެއެވެ.

ޣައްޒާގެ ސަރުކާރުން ވަނީ ޣައްޒާގެ ބޯޑަރު ކްރޮސިންތައް އަލުން ހުޅުވައި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް އދ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ފެށި ޤަތުލުޢާއްމުގެ ސަބަބުން މިހާތަނަށް 52،800 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މަރުވެފައިވާ ކަމަށް ސަރަޙައްދުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް