ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިން... ފޮޓޯ: އެލަން
ދުނިޔެ
14 May 2025 | 18:21
ޕާކިސްތާނުގެ ޤައުމީ އެއާލައިނުގެ ދަތުރުތައް ފުޅާކުރުމަށް ތައްޔާރުވެއްޖެ!

ޕާކިސްތާނުގެ ޤައުމީ އެއާލައިން، ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިނުން ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޤާނޫނު ހަދާމަޖިލީހުގައި ވާހަކަދައްކަވަމުން ޕާލިމެންޓް ސެކެރެޓަރީ ޒެބް ޒައްފާރު ވިދާޅުވީ ޕީއައިއޭއަށް މާލީގޮތުން ދިމާވި ދަތިތަކުން އަރިގަނެ، ފްރާންސްގެ އިތުރުން ޔޫރަޕްގެ ޤައުމުތަކަށް ދަތުރު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން އީޔޫގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީން އެ އެއާލައިނަށް ހުއްދަ ދޭނޭކަމުގެ ޔަގީންކަން ދީފައިވާކަމަށް ވިދާޅުވިއެވެ.

ޒެބް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުން ޕާކިސްތާނު އެއާލައިނާ ގުޅޭގޮތުން ދައްކާފައިވާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން އެ އެއާލައިނަށް ގޮންޖެހުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. ޕީއައިއޭއަށް ވަނީ، 20 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ފައިދާވެފައެވެ. ޕީއައިއޭއަށް މިދިޔަ އަހަރު 33.14 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. ޒެބް ވިދާޅުވީ، މިއީ ޕާކިސްތާނުގެ ޤައުމީ އެއާލައިނުގެ ދަތުރުތައް ފުޅާކުރަން އެންމެ އެކަށޭނެ ވަގުތުކަމަށެވެ. 

ޕާކިސްތާނުގެ ވެރިރަށް ކަރާޗީއަށް 2020 ވަނަ އަހަރު ވަނީ ޕީއައިއޭގެ ބޯޓެއް ވެއްޓި އެތައްބަޔަކު މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އީޔޫއިން ވަނީ ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިނަށް ޔޫރަޕަށް އުދުހުން މަނާކޮށްފައެވެ. އީޔޫގެ ފްލައިޓް ސޭފްޓީ އޭޖެންސީން އޭރު ބުނެފައިވަނީ ޕީއައިއޭގެ ބޯޓުތަކުގެ ސަލާމަތާމެދު ސުވާލު އުފެދޭކަމަށެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި ޕީއައިއޭއިން ވަނީ އެ އެއާލައިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށްބޮޑަށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ދުވަސްތަކުގައި ބައެއް މަންޒިލްތަކަށް ދަތުރުތައް ފެށިއިރު، ޕީއައިއޭއިން ދަނީ އެފްރިކާ އަދި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަަށްވެސް އުދުހުންތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް