އަަހަރީ ރިޕޯޓްގައި މައްސަލަތަކެއް ހުރުމުން ޕީޕީއެމްއަށް ފައިސާ ދޫނުކުރި

16 May 2019 | 13:44

ޕީޕީއެމްއިން ހުށައެޅި މިިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި މައްސަލަތަކެއް ހުރުމުން އެޕާޓީއަށް ވަގުތީގޮތުން ފައިސާ ދޫނުުކުރަން އީސީން ނިންމައިފިއެވެ.

އީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. މިޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރާނީ އެމްޑީޕީ ޖޭޕީ އަދި އެމްޑީއޭ އަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީޕީއެމަށް ފައިސާ ނުދޭން ނިންމީ، އެ ޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް ހުރެގެން އެ ރިޕޯޓް އިސްލާހު ކުރަން ފޮނުވާފައިވުމުން ކަމަށެވެ.

ނަމަވެސް އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ޕީޕީއެމަށް ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސްއިން ބުންޏެވެ.

އީސީން މިހާރު ވަނީ ބާކީހުރި ތިން ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދިފައެވެ.

Advertisement

ކޮމެންޓް