އިންޑިއާގެ ދިފާޢީ ވަޒީރު ބައެއް ސިފައިންނާއެކު... ފޮޓޯ: އޭއެންއައި
ދުނިޔެ
15 May 2025 | 19:36
އޮޕަރޭޝަން ސިންދޫރަކީ، ޕާކިސްތާނުގެ ޓެރަރިޒަމް ބައްޔަށް ދިން ބޭހެއް: ރަޖްނާތު ސިންހް

މިދިޔަ މަހު ކަޝްމީރުގެ ޕަހަލްގަމްއަށް ޓެރަރިސްޓުން ދިން ހަމަލާގެ ރައްދުގައި ޕާކިސްތާނުގައި ހުރި އަމާޒުތަކަކަށް އިންޑިއާއިން ރައްދު ހަމަލާދިން އޮޕަރޭޝަން ސިންދޫރަކީ ޕާކިސްތާނުގައި އޮތް ޓެރަރިޒަމްގެ ބަލިމަޑުކަމަށް ދިން ބޭހެއްކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރަޖްނާތު ސިންހް މިހެން ވިދާޅުވީ މިއަދު ޖައްމު އަދި ކަޝްމީރުގެ ސަލާމަތީ ކަންކަން ބައްލަވާލެއްވުމަށް އެސަރަހައްދަށް ވަޑައިގެން، ސިފައިންނާ ވާހަކަ ދައްކަވަމުންނެވެ. ކަޝްމީރަށް ވަޑައިގެން ރަޖްނާތު ވަނީ ޕާކިސްތާނުން ހަމަލާދިން ބައެއް ސަރަހައްދުތަކަށް ވަޑައިގެންފައެވެ. އަދި ހަމަލާދިނުމަށް ބޭނުންކުރި ބައެއް ޝެލްތައްވެސް ބައްލަވާލެއްވިއެވެ.

ސިފައިންނާއި ވާހަކަ ދައްކަވަމުން ރަޖްނާތު ސިންހް ވަނީ އިންޑިއާ ސިފައިން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ ދިފާޢީ ވަޒީރަށްވުމުގެ އިތުރުން އޭނާއަކީވެސް އިންޑިއާ ރައްޔިތެއްކަމަށާއި، އެތަނަށް ވަޑައިގަތީ ވަޒީރުގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ސިފައިންނަށް ޝުކުރު އަދާކުރެއްވުކަމަށް ކަމަށެވެ. ޕަހަލްގަމްގައި ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓުން ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެކަމުގެ ބަދަލިހިފުމުގެ ގޮތުން އިންޑިއާއިން ދިން ހަމަލާއަކީ ޓެރަރިސްޓުންގެ ހަނދާނުން ފޮހެނުލެވޭނެ ހަމަލާއެއްކަމަށް ރަޖްނާތު ސިންހް ވިދާޅުވިއެވެ. އަދި އޭނާ އެހަމަލާތައް ސިފަކުރެއްވީ ޕާކިސްތާނުގައި ފެތުރިފައި އޮތް ޓެރަރިސްޓް ބައްޔަށް ދެވުނު ބޭހެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.