ހުކުރު ޚުތުބާ އަޑު އަހަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
16 May 2025 | 12:55
ސުންނަތަށް އީމާން ނުވާ މީހާ ޤުރްއާނަށް ވެސް އީމާންވާކަމުގައެއް ނުވާނެ: ޚުތުބާ

ރަސޫލާ ﷺ ގެ ސުންނަތަަށް އީމާންނުވާ މީހާ ޤުރުއާންނަށްވެސް އީމާންވާ ކަމުގައި ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު މައުޟޫއަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައެވެ. އަދި އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ محمّد ﷺ މެދުވެރިކުރައްވައި ކަމަށެވެ.

ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށެވެ. އެއީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺގެ އަގުމާތްވި ސުންނަތެވެ. އެހެންކަމުން، މާތް اللهއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺއަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ އަމުރުކުރައްވައިފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ ﷺއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭކަން ވެސް ވަނީ އަންގަވައިފައެވެ.

ޚުތުބާ

މާތް الله ވަޙީކުރައްވައިފައި ވެއެވެ.

"އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللهއަށް ކިޔަމަންވާށެވެ! އަދި رسولއާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عملތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ!"

ޚުތުބާގައި ބުނި ގޮތުގައި މި އާޔަތުން ދޭހަވަނީ، اللهއާއި އެކަލާނގެ ރަސޫލާ ﷺއަށް ނުކިޔަމަންތެރިވުމަކީ މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމެއްކަމެވެ.

އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

"އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

އެހެންކަމުން އަހަރެމެންނަށް އެނގި ކަށަވަރުވާ ކަމަކީ، ރަސޫލާ ﷺއަށް ކިޔަމަންނުވާ މީހާ މާތް اللهއަށް ކިޔަމަންވާ މީހަކުކަމުގައި ނުވާނޭކަމެވެ.

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނި ގޮތުގައި، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެއެވެ. އަދި ނަމާދު އަދާކުރާންވީ ގޮތް އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުން ކަމަށާ ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ ﷺ ކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ކީރިތި ޤުރްއާނާއި ސުންނަތް ވަކިނުކުރެވޭނެ ކަމަށާއި، ސުންނަތަށް އިންންކާރުކުރާ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ހިފަހައްޓައިގެން ތިބުމަށް ވަނީ ނަޞޭޙަތްތެރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.