އަރަބި ލީގުގެ ބައިވެރިން: ފޮޓޯ/ ޓީއާރްޓީ
ދުނިޔެ
18 May 2025 | 09:44
ޣައްޒާ ޤަތުލުޢާއްމު ވަގުތުން ހުއްޓާލުމަށް ޢަރަބި ލީގުން ގޮވާލައިފި

އިސްރާއީލްގެ ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމު ވަގުތުން ހުއްޓާލައި، ކާބޯތަކެއްޗާއި އިންސާނީއެހީ ވެއްދޭނެ ދޮރުތައް ހުޅުވާލުމަށް ޢަރަބި ލީގުން ގޮވާލައިފިއެވެ. 

ބަޣްދާދުގައި ބޭއްވުނު 34 ވަނަ ޢަރަބި ލީގު ސަމިޓަށްފަހު ނެރުނު ބަޔާނުގައި ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، ޚާއްޞަކޮށް ނުފޫޒު ގަދަ ޤައުމުތަކުގެ ޤާނޫނީ ޒިންމާ އަދާކޮށް، ލޭއޮހޮރުވުން ހުއްޓުވުމަށް ބާރުއަޅައި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. 

މިއާއެކު، ޢަރަބި ލީޑަރުން ވަނީ އިސްރާއީލުން ސީރިއާގެ ސަރަޙައްދުތަކަށް ދެމުންގެންދާ ޙަމަލާތަކާއި، އެ ޤައުމުގެ ސިޔާދަތަށް އަރައިގަތުމާއި، އެ ޤައުމުގެ ޤައުމީ ޤާބިލިއްޔަތު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ.

”އަޅުގަނޑުމެން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށާއި އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލަނީ މި ޙަމަލާތައް ހުއްޓުވުމަށް ބާރުއަޅައި، ޤައުމުތަކުގެ ސިޔާދަތަށް އިޙްތިރާމްކުރުމަށް." ޢަރަބި ލީގުގެ ބަޔާނުގައިވެއެވެ.

ބަޣްދާދުގައި ބޭއްވުނު މި އަރަބި ލީގުގެ ސަމިޓަކީ، ޢިރާޤުން ހޯސްޓްކުރި ހަތަރުވަނަ ސަމިޓެވެ. މި ސަމިޓުގައި 22 ޢަރަބި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެ، ސަރަޙައްދީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކުރިއެވެ.

ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާއްމަކީ މި ސަމިޓުގެ މައިގަނޑު އެއް މައުޟޫއެވެ. އޭގެ އިތުރުން ޔަމަން، ސޫދާން، ސީރިއާ އަދި ލީބިއާގެ ހަނގުރާމަތަކާއި، އީރާނާއި އެމެރިކާ ދެމެދު ހިނގަމުންދާ ނިއުކްލިއަރ މުޢާހަދާގެ މަޝްވަރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ސަމިޓުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ބައިވެރިވިއެވެ. އަދި އިސްރާއީލުގެ ޙަމަލާތައް ގަދައަޅައި ކުށްވެރިކުރައްވާފައިވާ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދެއްކިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.