ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
18 May 2025 | 23:04
އިޒްރޭލް ހުއްޓުވާ އަދަބު ދިނުމަށް ބައިނަލްއަގްވާމީ މުޖްތަަމައުއަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވާ އެ ގައުމަށް އަދަބު ދިނުމަށް ބައިނަލްއަގްވާމީ މުޖްތަަމައުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ހަމާސް ނަައްތާލުމުގެ ނަމުގައި ޣައްޒާއަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ވަރުގަދަ ކުުރުމާއި ގުޅިގެންނެވެ. ހަމާސް އެކީ ނައްތާލާނެ ކަމަށް ބުނެ އިސްރާއީލްގެ އުދުވާން ވަރުގަދަ ކުރީ މީގެ ދެތީން ދުވަސް ކުރީންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޖަރީމާތައް ފުޅާކޮށް ހަމަލާތައް ވަރުގަދަ ކުރުން ވަރަށް ބޮޑަށް އެހާމެ ހަރުކަށި ކޮށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އިސްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ކުށެއް ނެތް އާންމުންނަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ އިސްރާއީލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގޮވައިލެއްވީ ޣައްޒާފެ މަދަނީންގެ ފުރާނަ ސަލާމަތް ކުރުމަށް ނަތީޖާ ނެރެވޭނެ ފަދަ ފިޔަވަޅުތަކެއް އެޅުމަށެވެ.

އަދި އިސްރާއީލްގެ އަމަލުތަކަށް އެ މީހުން ޒިންމާދާރު ކުރުވާ އަދަބު ދިނުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވި އެވެ.

ހަމާސް ނައްތާލުމާއި އޮގަސްޓް 7 ގެ ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ އިސްރާއީލުން ހިންގަން ފެށި އުދުވާންގައި 53،000 ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ހުޅަނގާއި މުނާފިގުކަން ދައްކާ އިސްލާމީ ބައެއް ގައުމުތަކުގެ އެހީގައި އިޒްރޭލުން ހިންގާ ޖަރީމާތައް ކިތަންމެ ފުޅާކުރި ނަމަވެސް ފަލަސްތީނުގެ ހައްގުގައި ހަމައެކަނި ޖިހާދު ކުރާ ހަމާސް ޖަމާއަތް ބަލިކުރެވޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.