ޣައްޒާގެ މަންމަ އަކާއި ދަރިއެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
19 May 2025 | 10:23
އިސްރާއީލުގެ ޤަތުލްއާއްމު ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަަ؛ އިއްޔެ އެކަނިވެސް 150 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި

ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ޢުދުވާނުތަކުގައި އިއްޔެ އެކަނިވެސް 150 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. 

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމު މިފަހުން އަންނަނީ ދުވަހަކަަށްވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ޝަހީދުކުރަމުންދާއިރު، އިއްޔެ ވަނީ 151 މީހުން ޝަހީދު ކޮށްލާފައެވެ. 

އަލް ޖަޒީރާއިން ރިޕޯޓްކޯސްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ ޚާން ޔޫނިސްގައި ހުރި ނާސިރު ހޮސްޕިޓަލަށް ވެސް އިއްޔެ ވަނީ ބޮމުގެ ޙަމަލާއެއް ދީފައެވެ. މި ޙަމަލާގައި މަދުވެގެން 6 މީހުން ވަނީ ޝަހީދުވެފައެވެ. 

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި މިހާތަނަށް ޝަހީދުވެފައިވާ މީހުންގެ އަދަދު 53،339 އަށް އަރާފައިވާއިރު، 121،034 މީހުން ޒަޚަމްވެފައިވެއެވެ. ނަމަވެސް ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އަދަދު 61،700 އަށް އަޕްޑޭޓްކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން ގެންދަނީ، އިންސާނީ އެހީ އާއި ކާބޯތަކެތި ވެއްދޭނެ މަގުތައްވެސް ބަންދު ކޮށްގެންނެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހިފައުވާއިރު، އިސްރާއިލުން މިހާރު ވަނީ ޣައްޒާއަށް ”ފުދޭ މިންވަރެއްގެ އެހީ“ ވައްދަން ހުއްދަ ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މި އެހީ ވައްދާނެ ވަގުތެއް އަދި ސާފެއް ނުކޮށްދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.