އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ކެނެޑާގެ އިސްވެރިން
ދުނިޔެ
20 May 2025 | 10:48
ޣައްޒާ ބަނޑަށް ޖެއްސުން ހުއްޓުމަކަށް ނުގެންނަނަމަ އިސްރާއިލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފި

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާއިން އިންޒާރުދީފިއެވެ. 

މި އިންޒާރު ދީފައިވަނީ، އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާގެ ލީޑަރުން، އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ނިރުބަވެރި ޢަމަލުތައް ކުށްވެރިކޮށް، ނެރުނު ގުޅިފައިވާ ބަޔާނުގައެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަދި ކެނެޑާގެ ބޮޑުވަޒީރު މާރކް ކާނީ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ އިސްރާއިލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައިވާކަން ފާހަގަކޮށް އެކަމާ ހަނު ނުހުންނާނެ ކަމަށް ބުނެފައެވެ.

އަދި، އިސްރާއިލުގެ ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުން ފަލަސްޠީނުގެ ރައްޔިތުންނަށް ބަޑިން ބިރުދައްކާފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

"ނެތަންޔާހޫގެ ސަރުކާރުން މި ނުރައްކާތެރި ޢަމަލުތައް ކުރަމުންދާއިރު އަޅުގަނޑުމެން ހަނުހުންނާކަށް ނެތިން. އިސްރާއިލުން އަލުން ފަށާފައިވާ ހަނގުރާމަވެރި ހަމަލާތައް ހުއްޓާނުލައި، އިންސާނީ އެހީއަށް އަޅާފައިވާ ހުރަސްތައް ނުނަގައިފިނަމަ، އަޅުގަނޑުމެން އިތުރު ފިޔަވަޅުތަކެއް އަޅާނަން،" މި ތިން ލީޑަރުން ބުނެފައިވެއެވެ.

ނަމަވެސް އަޅާނެ ދަތިކުރުމުގެ ފިޔަވަޅަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ. 

މީގެ އިތުރުން، އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާ ހިމެނޭގޮތަށް 22 ޤައުމަކުން ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަވަހަށް ފަށަން އިސްރާއިލަށް ގޮވާލާފައެވެ. މި ޤައުމުތަކުން ބުނެފައިވަނީ ޣައްޒާގެ އާބާދީ ބަނޑަށްޖެހުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެހެންނަމަވެސް، އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މި ތިން ލީޑަރުންގެ ބަޔާނަކީ ހަމާސްއަށް ލިބުނު "ބޮޑު ކާމިޔާބެއް" ކަމަށް ބުނެފައެވެ.

އިސްރާއިލުން ވަނީ މާރޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން މުޅިން ހުއްޓުވާލާފައެވެ. ނަމަވެސް، އިއްޔެ އިސްރާއިލުން ވަނީ މަދު އަދަދެއްގެ އެހީގެ ޓްރަކުތައް ޣައްޒާއަށް ވެއްދުމަށް ހުއްދަދޭނެ ކަމަށް އިޢުލާނުކޮށްފައެވެ.

ކޮމެންޓް
ބަޗީ
މިވަރުވެސް ޢަރަބި އިސްލާމީ ގައުމުތަކުން ގެ ވެރިންގެ ނެތްކަމީ ލަދުވެތިކަމެއް. އަދި އެމީހުންގެ އީމާންކަމާއި މެދު ސުވާލު އުފެދޭ ކަމެއް.
20 May 2025
ރަފީގު
ތިންބޭފުޅުންނަށް ވެސް ހިތުގެ އަޑިން ޝުކުރު އަދާކުރަން
20 May 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.