އެހީގެ ޓްރަކްތައް... ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
20 May 2025 | 15:26
ޢައްޒާއަށް އެހީގެ 100 ޓްރަކް ވެއްދުމުގެ ހުއްދަ ދީފި

ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި އޮތް ޢައްޒާއަށް އެހީގެ ޓްރަކްތައް ވެއްދުމުގެ ހުއްދަ ލިބިފައިވާކަމަށް އދ އިން ބުނެފިއެވެ.

ޖެނީވާގައި މީޑިއާތަކާ ވާހަކަދައްކަވަމުން އދ ގެ ހިއުމެނިޓޭރިއަން އޮފީހުގެ ތަރުޖަމާނު ޖެންސް ލާކޭ ވިދާޅުވީ، ޢައްޒާއަށް އެހީގެ ޓްރަކްތައް ވެއްދުމުގެ ހުއްދަ އިސްރާއީލުން ދީފައިވާކަމަށެވެ. އަދި މިހާތަނަށް ހުއްދަ ލިބިފައިވަނީ 100 ޓްރަކަށް ޢައްޒާއަށް އެތެރެވެވޭގޮތަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 9 ޓްރަކް ވެއްދުނުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އެ ޓްރަކްތަކުގައި ހިމެނެނީ ކުޑަކުދިންނަށް ބޭނުންވާ ސާމާނުކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތި ހިމެނޭކަން ޖެންސް ވިދާޅުވިއެވެ. އެހީގެ ބައެއް ޓްރަކްތައް ޢައްޒާއަށް ވެއްދުނު ނަމަވެސް އެހީގެ ތަކެތި ބެހުމުގައި ގޮންޖެހުންތަކެއް ހުރިކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިކަން ކަށަވަރުނުވުންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުން ޢައްޒާއަށް މެދު ނުކެނޑި ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން ޢައްޒާގެ ރައްޔިތުން ވަނީ ބަނޑަށްޖެހި އިންސާނީ ކާރިސާއެއް ކުރިމަތިވެފައެވެ. މީގެ ކުރިން އެތައް ފަހަރަކު އެހީގެ ތަކެތި ވެއްދުމަށް މަސައްކަތްކުރިނަމަވެސް އިސްރާއީލް ސިފައިން އެކަމަށް ހުަރަސްއެޅުމާއެކު މިހާތަނަށްވެސް އެކަން އޮތީ އަދި ނުކުރެވިއެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރިނަމަވެސް އިސްރާއީލުން އެފަރާތްތަކުގެ އަޑު އަހާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.