އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ނިރުބަވެރި ނަތަންޔާހޫ-
ދުނިޔެ
21 May 2025 | 10:13
އިނގިރޭސިވިލާތުން އިޒްރޭލާ އެކު ކުރިއަށް ގެންދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި

އިނގިރޭސިވިލާތުން އިޒްރޭލަށް ފިޔަވަޅު އަޅައި އެމީހުންނާ އެކު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފިއެވެ.

އިނގިރޭސިވިލާތުން މި ނިންމުން ނިންމާފައި މިވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމު ހުއްޓާލުމަށް ގޮވާލައި، އެފަދައިން ކަން ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނިތާ 24 ގަޑިއިރުވެސް ނުވަނީސްއެވެ. 

މި ފިޔަވަޅު ތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ބުނީ، ޣައްޒާ އަދި ހުޅަނގުއައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ޖަރިމާތަކުގެ ސަބަބުން، އެމީހުންނާ އެކު މިހާރު އޮތް ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ.

"ޣައްޒާއަށް އެހީ ފޯރުކޮށްދޭ މަގު ބަންދުކުރުމާއި، ޤަތުލުއާއްމު ފުޅާކުރުމާއި، އިޒްރޭލުގެ ބައިވެރިންގެ ކަންބޮޑުވުންތައް އެއްފަރާތްކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިކަން ހުއްޓަންޖެހޭ،" އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ބޮޑިވަޒީރު ކިއަރ ސްޓާމަރ ބުނީ، ޣައްޒާގައި ކުޑަކުދިން ތަހައްމަލުކުރަމުންދާ ވޭން "އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ" ކަމަށެވެ. އަދި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން އޭނާ ވަނީ، ”އިޒްރޭލުގެ އަމަލުތަކާމެދު ކަންބޮޑުވާ ކަމަށް،" ބުނެފައެވެ.

ޔޫކޭގެ އިތުރުން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީވެސް ވަނީ  އިޒްރޭލުން ހަނގުރާމަ ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުރަސްތައް ނައްތާނުލައިފިނަމަ "ވަކި ފިޔަވަޅުތަކެއް" އަޅާނެ ކަމަށް އިންޒާރުދީފައެވެ.

ޔޫކޭ އިން މި ފިޔަވަޅުތައް އަޅާފައިވަނީ ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އ.ދ.ގެ އިންސާނީ އެހީގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވެފައިވަނީ މިހާރު ޣައްޒާއަށް ވަންނަ އެހީގެ މިންވަރަކީ "ކަނޑުގެ ތެރެއަށް އެޅޭ ފެން ތިއްކެއް" ފަދަ އެއްޗެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.