ޕްރިންޓް ލެބްގެ މެނޭޖިން ޑައިރެކްޓާ މަދީހު ޖަމާލް އަދި ނިޔާ އެކަޑަމީގެ އެޑްވައިޒަރު މުހައްމަދު ޒަރީރު...
ކުޅިވަރު
21 May 2025 | 15:19
މުރައިދޫ އިންވިޓޭޝަނަލް ވެޓަރަންސް ވޯލީބޯޅަ ޓޯނަމެންޓް 2025ގެ ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ އޮފިޝަލް ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސައިފި އެވެ.

މުބާރާތުގެ ޕްރިންޓިން ޕާޓްނަރާއެކު ޕްރިންޓް ލެބް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕްރިންޓް ލެބްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ މަދީހު ޖަމާލް އެވެ. އަދި ނިޔާ އެކަޑަމީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކަޑަމީގެ އެޑްވައިޒަރު މުހައްމަދު ޒަރީރު އެވެ.

މި މުބާރާތަކީ ހއ.މުރައިދޫގެ "ނިޔާ އެކަޑަމީ"ގެ ފަރާތުން އިންތިޒާމުކޮށް ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އެ އެކަޑަމީގެ ފަރާތުން 35 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

ޕްރިންޓް ލެބްގެ މެނޭޖިން ޑައިރެކްޓަރ މަދީހު ޖަމާލް އަދި ނިޔާ އެކަޑަމީގެ ރާއީސް އަހުމަދު ނިޔާޒް (ޓެޑް)... 

އެގޮތުން މިމުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޕްރިންޓް ލެބަކީ 2009 ވަނަ އަހަރު އުފެދުނު ފަހުން ރާއްޖޭގެ ޕްރިންޓިން އިންޑަސްޓްރީގައި އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އަދި ފާއިތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ މިދާއިރައިން ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައެވެ.

ޕްރިންޓް ލެބްގެ މެނޭޖިން ޑައިރެކްޓަރ މަދީހު ޖަމާލް..

މީގެ އިތުރުން ޕްރިންޓްލެބުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ލާޖް ފޯމެޓް ޕްރިންޓް އިވެންޓްސް އެންޑް ބެކް ޑްރޮޕްސް، ލޭޒާ ކަޓިން އެންޑް އެންގްރޭވިން، ސީއެންސީ ކަޓިން އެންޑް އެންގްރޭވިން، ޔޫވީ ޕްރިންޓިން އަކްރިލިކް، މެޓަލް އެންޑް ވުޑް، އަކްރިލިކް އެންޑް ވުޑް ސައިންސް، ކަސްޓަމް ވުޑް އެންޑް މެޓަލް ވޯކްސް، ފްލެޓްސް އެންޑް ފެބްރިކް ޕްރިންޓިން، ފޮޓޯ ފްރޭމިން އެވޯޑްސް އެންޑް ފްލޭކް ސްޓޭމްޕްސް ހިމެނެއެވެ.

އެގޮތުން ޒަމާނީ ޓެކްމޮލެޖީއާއެކު އެކުންފުނީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، އެކުންފުނިން އަންނަނީ ސަރުކާރު އޮފީސް/ ކުންފުނިތަކާއި ރިސޯޓްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ފުޅާދާއިރާއެއްގައި ޕްރިންޓިންގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ޕްރިންޓް ލެބް ފާހަގަކުރެވިފައި ވަނީ ރާއްޖޭގެ އިޖްތިމާއި ދުޅަހެޔޮކަމާއި ޒުވާން ބާރުވެރި ކުރުވުމުގެ އިތުރުން ކުޅިވަރު ކުރިއެރުވުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތެރިވާ އެއް ވިޔަފާރީގެ ގޮތުގައެވެ. އަދި ވަކީން ޚާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.