މިރާއްޖޭގެ ރައްޔިތުންނަށް އިހުތިރާމްކުރަންޖެހޭ ހުރިހާ އެންމެންވެސް: މާރިޔާ

14 Oct 2018 | 12:25

ރައްޔިތުުންގެ މައްޗަށް ބަސްކިޔޭނެ އިތުރު އެއްވެސް މުއައްސަސާއެއް އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާ ރައްޔިތުންނަށް އެންމެންވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމުގައި މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޕެއިން އޮފީހުގައި އިންތިހާބް ބާތިލް ކުރުމަށް ރައީސް ޔާމީން ހުށައަޅުއްވާފައިވާ މައްސަލަ އާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ދީދީ ވިދާޅުވީ މިރާއްޖެ އެބަ ޤައުމެއް ގޮތުގައި ހިނގަންޖެހޭކަމަށެވެ.

އަދި ކޮންމެ މުއައްސަސާއަކުން ވެސް ރާއްޖެ ރައްޔިތުންނަށް އިހުތިރާމް ކުރަން ޖެހޭނެކަމަަަަށެވެ.

"މި ރާއްޖެ އެބަ ޤައުމެއްހެން ހިނގަންޖެހޭ. މިރާއްޖޭގެ ރައްޔިތުންނަށް އެބަ އިހުތިރާމްކުރަންޖެހޭ ހުރިހާ އެންމެންވެސް. ކޮންމެ އިންސްޓިޓިއުޝަނަކުންވިއަސް. ރައްޔިތުންގެ މަޖިލިސްވިއަސް. ރައީސުލްޖުމްހޫރިއްޔާ ވިއަސް. ސުޕްރީމްކޯޓުވިއަސް. ރައްޔިތުންނަށްވުރެ މައްޗަކަށް ނޭރޭ. މިނިވަން މުއައްސަސާތައްވެސް މިދަންނަވާހެން އިލެކްޝަންސް ކޮމިޝަން. އޭސީސީ އަދި މިނޫން މުއައްސަތާތައްވިއަސް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރީތިގޮތުގައ ނަތީޖާ ގަބޫލު ކުރުމަށް ފަހު އަނެއްކާވެސް އިންތިހާބް ބާތިލް ކުރަން އުޅުމަކީ ވަރަށް ދެރަކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި މީގެ ސަބަބުން ރާއްޖެއަށް ބައިނަލް އަގްވާމީ ގޮތުން އަންނަމުންދާ ޕްރެޝަރުތައް އިތުރު ވެފައި ލިބެމުންދާ ފާޑކިޔުންތައް އިތުރުވެފައިވާކަންމަށް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement