އެހީގެ ތަކެތި ބަހަނީ: ފޮޓޯ/ އޭއެފްޕީ
ދުނިޔެ
22 May 2025 | 09:34
80 ދުވަހުގެ ބަންދަކަށްފަހު، ޣައްޒާއަށް ވެއްދުމަށް ހުއްދަދިނީ އެންމެ 90 އެހީގެ ޓްރަކަށް

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމާއި ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާއިރު، 80 ދުވަހަށްފަހު އިއްޔެ ރޭ އެ ސަރަޙައްދަށް އެހީގެ 90 ޓްރަކް ވެއްދުމަށް ހުއްދަ ދީފިއެވެ.

މިއީ އޮކްޓޯބަރު 7، 2023 ގެ ކުރިން ދުވާލަކު ވައްދަމުން އައި 500 އިން 600 އަށް ޓްރަކާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

ޔޫ.އެން ގެ އިންސާނީ ކަންކަމާބެހޭ އޭޖެންސީއާއި ސަރަޙައްދުގެ އޮފިޝަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކެރެމް ޝަލޯމް ކްރޮސިންގ މެދުވެރިކޮށް ފުށާއި، ކުޑަކުދިންގެ ކާނާ އަދި ނިއުޓްރިޝަނަލް ސަޕްލިމެންޓްސް އުފުލައިގެން 90 ޓްރަކް ވަނީ ޣައްޒާއަށް ވަދެފައެވެ.

މިއީ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށްފަހު އެ ސަރަޙައްދަށް ވެއްދުނު ފުރަތަމަ އެހީގެ ބެޗެވެ.

ޔޫ.އެން ގެ ސްޕޯކްސްޕަރސަން ސްޓެފާން ޑުޖާރިކް ވިދާޅުވި ގޮތުގައި، އިޒްރޭލުން އެންމެ މަގަކުން އެހީ ފޯރުކޮށްދިނުމަށް ހުއްދަދީފައިވުމުން މި އެހީ ފޯރުކޮށްދިނުމަށް ދަތުތަކާ ކުރިމަތިވެއެވެ. އަދި ހުއްދަ ދިން އެ މަގަކީ ވަރަށް ބޮޑަށް ތޮއްޖެހި، ރައްކާތެރިކަން ކުޑަ އަދި ވައްކަންކުރުމުގެ ފުރުސަތު ބޮޑު މަގެއްކަމަށް ޔޫ.އެން އިން ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

11 ހަފްތާގެ ބަންދަށްފަހު، ޣައްޒާއަށް ކާބޯތަކެތި ވައްދަން ހުއްދަ ދިނީ، ޣައްޒާގައި ބޮޑު ބަނޑުހައިހޫނުކަމެއް އުފެދިދާނެކަމަށް ކަންބޮޑުވާ އެކުވެރި ޤައުމުތަކުގެ ޝަކުވާތަކާ ގުޅިގެން މަޖުބޫރުވެގެން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ބުނެފައެވެ. ނަމަވެސް ހުއްދަދޭނީ ކުޑަ މިންވަރެއްގެ ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ކަމަށް އޭރު އޭނާ ބުންޏެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ވަރަށް ބޮޑެވެ.

"ދިރިހުރުމަށްޓަކައި ކޮންމެ އެއްޗެއް ވެސް ކާނަން. ހަފްތާއެއްވަންދެން ރޮށި ކައިފައެއް ނެތް. ކުރިން އަޅުގަނޑުމެން ބަރޯސާވަމުން އައީ އެހީއަށް. އެކަމަކު މިހާރު އެހީއެއް ނެތް. އަޅުގަނޑުމެން ކިހިނެއް ހަދާނީ؟ ކޮންތާކަށް ދާނީ؟ ކާކު ކައިރީ އެހީއަށް އެދޭނީ ؟" މިހެންނެވެ.

އިޒްރޭލުން އެހީ ޖަމްޢިއްޔާތަކަށް އަންގާފައިވަނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް، ފަސް ދުވަހުގެ މުއްދަތަކަށް ދުވާލަކު 100 ޓްރަކް ދެކުނު ޣައްޒާގައި ހުންނަ ކެރެމް ޝަލޯމް ކްރޮސިންގ މެދުވެރިކޮށް ވެއްދުމަށް ހުއްދަދޭނެ ކަމަށެވެ. ނަމަވެސް އެހީގެ މަސައްކަތްތެރިން ބުނާ ގޮތުގައި މި އާބާދީއަށް ދުވާލަކު މަދުވެގެން 500 ޓްރަކުގެ އެހީ ބޭނުންވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.