ޗައިނާ ކޯސްޓްގާޑް އުޅަނދެއް... ފޮޓޯ: ނިއުސްވީކް
ދުނިޔެ
23 May 2025 | 19:10
އަނެއްކާވެސް ޗައިނާ-ފިލިޕީންސް ކުރިމަތިލުމެއް

މިލްކުވެރިކަމާމެދު ހައިޖާނު ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި އަނެއްކާވެސް ޗައިނާއާއި ފިލިޕީންސްއާ ދެމެދު ކުރިމަތިލުމެއް ހިނގައިފިއެވެ.

މިފަހަރުގެ ކުރިމަތިލުންތައް ހިނގީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އޮންނަ ސޫބީ ރީފްއާއި ސޭންޑީ ކޭ ސަރަހައްދަށް ފިލިޕީންސްގެ ފިޝަރީޒް ބިއުރޯގެ ދިރާސާ ޓީމެއް ދިޔުމުންނެވެ. ޗައިނާއިން އެގައުމުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައި، ފަޅު ހިއްކައިގެން ރަށްތަކެއް ގާއިމްކޮށް ތަރައްޤީކޮށްފައިވާ މިސަރަހައްދަކީ ޗައިނާއިން އަތްގަދަކޮށްފައިވާ، އެގައުމުގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އެގައުމުން ބުނަމުންދާ ސަރަހައްދެކެވެ. ފިލިޕީންސްއާއި ބައިނަލްއަގްވާމީ މުޖްތަމައުން ދަނީ އެސަރަހައްދަށް ޗައިނާގެ ބާރު ގާނޫނީ ގޮތުން ނުހިނގާނެކަމަށް ބުނަމުންނެވެ.

ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަތް ފިލިޕީންސްގެ ދެ އުޅަނދަކަށް ހުރަސް އަޅާފައިވާނެކަމަށެވެ. އަދި ޗައިނާ ކޯސްޓްގާޑުގެ އުޅަނދުތައް އެސަރަހައްދު ދޫކޮށް ދިޔުމަށް ފިލިޕީންސްގެ އުޅަނދުތަކަށް އެންގުމުން، ދެކަމާ ދެކޮޅު ހަދައި ޗައިނާގެ ކޯސްޓްގާޑަށް ނުރައްކާކުރިކަމަށް ޗައިނާއިން ތުހުމަތު ކުރެއެވެ.

އަނެއްކޮޅުން ފިލިޕީންސްއިން ބުނަނީ ފިލިޕީންސްގެ އުޅަނދުތަކަށާއި، އުޅަނދުތަކުގައި ތިބި މީހުންގެ ފުރާނައަށް ޗައިނާ ކޯސްޓްގާޑުން ނުރައްކާ ކުރިކަމަށެވެ. އަދި ޗައިނާގެ ކޯސްޓްގާޑު އުޅަނދުން ފިލިޕީންސްގެ އުޅަނދުތަކަށް ޕްރެޝަރުގައި ފެންވެސް ޖެހި ކަމަށް ފިލިޕީންސްއިން ބުނެއެވެ. ޗައިނާއިން ނެރުނު ބަޔާނުގައި އެވާހަކައެއް ނެތެވެ.

މެނީލާގައި ހުންނަވާ އެމެރިކާގެ ސަފީރު، ޗައިނާގެ އަމަލުތައް ސިފަކުރެއްވީ ނުރައްކާތެރި އަދި ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ އަމަލެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް