ބީއެމްއެލުން ށ އަތޮޅުގެ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމުގެ ތެރެއިން... ފޮޓޯ: ބީއެމްއެލް
ވިޔަފާރި
24 May 2025 | 15:02
ބީއެމްއެލުން ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ހިދުމަތް ގާއިމްކޮށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްއިން ށ އަތޮޅު ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ނިންމައިފިއެވެ.

ބީއެމްއެލުން ވަނީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ޝިއާރުގެ ދަށުން ށ އަތޮޅުގެ 10 ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ބަހައްޓައި ހިދުމަތްދޭން ފަށާފައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ މިއަހަރު މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި ސެލްފް ސާވިސް އޭޓިއެމްތައް ބަހައްޓާފައިވާކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބެހެއްޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރަށްރަށުގެ ކަސްޓަމަރުންގެ މާލީ މުއާމަލާތްތައް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށާއި، މިއަހަރުގެ މިހާތަަނަށް އަތޮޅޫތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.  މިއަދަދުންވެސް މުޖުތަމައުއަށް އޭޓީއެމްގެ ހިދުމަތް މުހިއްމުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލުން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާއެކު، 20 އަތޮޅުގައި 39 ބްރާންޗާއި، 133 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 188 އޭޓީއެމް ބަހައްޓާފައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ހިދުމަތް އިފްތިތާހުކުރުން އޮތީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.