އިސްރާއީލް ސިފައިން މީގެކުރިން ހަމަލާދިން ޓްރަކެއް... ފޮޓޯ: ތޯމަސް ވައިޓް
ދުނިޔެ
24 May 2025 | 18:13
އިސްރާއީލްގެ ހަމަލާއެއް ގޮދަންފުށް ޓްރަކަކަށް. 50 މީހެއްގެ ފުރާނަ ގެއްލުނު

ޢައްޒާގެ ދެކުނަށް ގޮދަންފުށް ހިފައިގެން ދިޔަ ޓްރަކަކަށް އިސްރާއީލް ސިފައިން ހަމަލާދީފިއެވެ.

އަލްޖަޒީރާއިން ބުނީ އިސްރާއީލް ސިފައިން އެ ޓްރަކަށް ހަމަލާދިން ވަގުތަކީ އެ ޓްރަކް ވަށައިގެން ކައިރީގައި އަންހެނުންނާއި ކުޑަކުދިން ތިބި ވަގުތެއްކަމަށެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި އިސްރާއީލުން ޓްރަކަށް ހަމަލާދިންއިރު ޓްރަކް ވަށައިގެން ވަރަށްގިނަ މީހުން ތިއްބެވެ. އެއީ އެހީގެ ތަކެތި ބަލައިގޮސްތިބި މީހުން ކަމަށްވެސް ބުންޏެވެ. ހަމަލާގައި 50 ހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާގެ ކުރިންވެސް އިސްރާއީލް ސިފައިން ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާތަކެއްދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ. މަޖަލެއްގެ ގޮތުގައި އިސްރާއީލް ސިފައިން ފަލަސްތީނު ރައްޔިތުން ޗަހީދުކުރުމަކީ މިހާރު އާއްމު ކަމެކެވެ.

ޢައްޒާގައި އިސްރާއީލް ސިފައިން ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ޢައްޒާގެ ހަމަނުޖެހުން އެންމެ އަނިޔާވެރި މަރުހަލާއަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޢައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާއިރު، އިސްރައީލްގެ ސިފައިން އެހީގެ ގޮތުގައި ޢައްޒާއަށް އެތެރެކުރުމަށް ހުއްދަދެނީ ސައިސަމުސަލެއްގެ މިންވަރުކަމަށެވެ.

އިސްރާއީލުން ފަސްލަސްތީނު ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޢައްޒާއިން އެކަނިވެސް 53 ހާހަށްވުރެ ގިނަ މީހުންގެ ފުރާނަވަނީ ގެއްލުވާލާފައެވެ. ނަމަވެސް ފަލަސްތީނުގެ ސަރުކާރުން ބުނެފައިވަނީ އެއަދަދު 61 ހާހަށްވުރެ މަތިވާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.