ސެމްސަންގ ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ފެށުމާއި ގުޅޭ ޕޯސްޓަރ އެއް
ވިޔަފާރި
26 May 2025 | 10:18
ސެމްސަންގ ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ފަށައިފި

ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގައި ސެމްސަންގ ގަޑިއަށް މި ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. 

އުރީދޫއިން ބުނީ، މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓޤ ވެފައި ހުރުން ޔަގީންކޮށްދޭ ޚިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ލިބިގެންދާނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށް ކަމަށެވެ. 

މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ ކަމަށާ، އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދާނެކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ. 

”އުރީދޫގައި، އާންމު ދިރިއުޅުން ކުރިއަރުވައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ސިއްހަތު މޮނިޓާކޮށް، އެމީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާއި މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ.

”އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކަށް އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ލޯންޗުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ އަހައްމިއްޔަތުކަން." ސަންގްވާ ސޯންގް ވިދާޅުވިއެވެ. 

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް ޚިދުމަތަށް ނަގާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް