މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން... ފޮޓޯ: މަޖިލިސް
ހަބަރު
28 May 2025 | 19:30
2023 ވަނަ އަހަރު ބަޖެޓުގައި ނުޖަހައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި: އޮޑިޓް ރިޕޯޓް

ދައުލަތުގެ މާލިއްޔަތާ ހިލާފަށް 2023 ވަނަ އަހަރު ބަޖެޓުން ބޭރުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ދައުލަތުގެ 2023 ވަނަ އަހަރުގެ މާލީ މުއާމަލާތްތަކުގެ އޮޑިޓް ރިޕޯތްގައި ބުނެފައިވަނީ، އެއަހަރު ހަރަދުކުރުމަށް 49.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިނަމަވެސް، ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް އެތައް ހަރަދެއް ކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. މަޖިލީހުން ބަޖެޓެއް ފާސްކުރިނަމަވެސް އުސޫލްތަކާ ހިލާފަށް އެއަހަރުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަކީ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރި ކޮންޓްރެކްޓްރުންނަށް ދީފައިހުރި ފައިސާއެވެ. މިއީ ޤާނޫނު އަސާސީއާއި ދައުލަތުގެ މާލިއްޔަތާ މުޅިން ހިލާފަށް ކޮށްފައިވާ ހޭދައެއްކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އެއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށްވެސް ހަރަދުކުރަން ހުއްދަ ދިންވަރަށްވުރެ އިތުރަށް ހޭދަކޮށްފައިވާކަން ފާހަގަކޮށްފައެވެ. ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 2023 ވަނަ އަހަރު ފާސްކޮށްފައިވަނީ، 10.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މާލިއްޔަތު ޤާނޫނާ ޤަވާއިދުތަކާ ހިލާފަށް ހުއްދަ ނުހޯދައި 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް ލިބެންޖެހޭ ފައިސާ އާއި ކުއްޔާއި، ޖޫރިމަނާ އަދި އިންޓްރަސްޓް ފައިސާގެ ގޮތުގައި މާލީ ވުޒާރާއަށް ލިބޭނޭކަމަށް ބުނެފައިވާ އަދަދުތަކުގައި ފުށުއެރުންތަކެއް ހުރިކަން ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގެ އުސްއަލިތަކަށް ބަލާއިރު 2023 ވަނަ އަހަރު ނިމުނުއިރު ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ އަދަދު 25.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ބޭރުފައިސާއިން ބަލާނަމަ، 1.6 ބިލިއަން ޑޮލަރަށް އަރައެވެ. 2022 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 29.9 ބިލިއަން ރުފިޔާ ނުވަތަ 1.9 ބިލިއަން ޑޮލަރުގައެވެ. އޮޑިޓް ރިޕޯޓްގައިވާ ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު ބޭރުގެ އެކި ފަރާތްތަކަށް ދަރަނި އަދާކުރުމަށް 318.8 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ