ހައްޖާަޖީން ތަކެއް- ފޮޓޯ/ އިންޓަނެޓް
ދުނިޔެ
29 May 2025 | 15:18
ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވި 6 މީހަކު، އެއްލައްކަ ރިޔާލުން ޖޫރިމަނާކޮށް ހަރުކަށި އަދަބުދީފި

ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވެ، ހުއްދަނެތި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް މީހުން ވައްދަން މަސައްކަތް ކުރި 6 މީހަކަށް ހަރުކަށި އަދަބު ދީފިއެވެ.

ސައުދީ އެރޭބިއާގެ އިންޓީރިއަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، މައްކާއަށް ވަންނަ ތަންތަނުން ހައްޖު ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރި ސައުދީއަށް ނިސްބަތްވާ 6 މީހަކު ވަނީ ހުއްދަނެތި ހައްޖަށް އައި 20 މީހުން މައްކާއަށް އެތެރެކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެމީހުން ވެއްދުމުގެ ކުރިން، އެކަން ހުއްޓުވައި، މި 6 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 

ސައުދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުން، މި 6 މީހުންނަށް ޖަލު އަދަބާއި، 100،000 ސައުދީ ރިޔާލަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއި، އެމީހުންގެ ނަންތައް ނޫސްތަކުގައި ޝާއިޢުކުރުން ހިމެނެއެވެ.

އަދި ހުއްދަނެތި މައްކާއަށް ވަންނަން މަސައްކަތް ކުރި 20 މީހުން ޑީޕޯޓްކޮށް، 10 އަހަރަށް ސައުދީ އަށް އައުން މަނާކޮށްފައިވެއެވެ. 

މީގެ އިތުރުން، ހުއްދަނެތި ހައްޖުވެރިން އުފުލުމަށް ބޭނުންކުރި އުޅަނދުތައް އަތުލުމަށާއި، ހުއްދަނެތި ހައްޖަށް ދިއުމަށް މަސައްކަތްކުރި މީހުން 20،000 ސައުދީ ރިޔާލަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށް މިނިސްޓްރީން އެދިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހައްޖުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ހައްޖާ ގުޅޭ ޤަވާޢިދުތަކާއި އިރުޝާދުތަކަށް ތަބާވުމަށް އެންމެހާ ރައްޔިތުންނާއި ބިދޭސީންނަށް މިނިސްޓްރީން ވަނީ ގޮވާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް