ޣައްޒާގެ އަލް އައުދާ ހޮސްޕިޓަލް-
ދުނިޔެ
30 May 2025 | 10:05
ޣައްޒާގެ އުތުރުގައި ހިންގަމުންއައި ހަމައެކަނި ހޮސްޕިޓަލް ބަންދުކުރަން އިސްރާއިލުން އަމުރުކޮށްފި

ޣައްޒާގެ އުތުރުގައި މިހާރު ހުރި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް-އައުދާ ހޮސްޕިޓަލް ބަންދުކުރުމަށް އިސްރާއީލުން އަމުރުކޮށްފިއެވެ.

މި ހޮސްޕިޓަލް ބަންދުކުރުމާ ގުޅިގެން މިހާރު އެތަނުގައި ތިބި 97 މީހުން، އެހެން ތަނަކަށް ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ނާޒުކު ޙާލަތުގައި ތިބި 13 ބަލިމީހުން ހިމެނެއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި މި ހޮސްޕިޓަލުގެ މެޑިކަލް އިކުއިޕްމަންޓްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ މަގުތައް ބަންދުވެފައި ވުމުގެ ސަބަބުން ކުރެވޭނެ ކަމެއް ނޫނެވެ. އަދި މި ހޮސްޕިޓަލް ބަންދުވުމާއެކު ޣައްޒާގެ އުތުރުގައި އޮޕަރޭޓްކުރާ އެއްވެސް ހޮސްޕިޓަލެއް ނުހުންނާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 70 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ އުތުރާއި އިރުމަތީގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން އެތަން ދޫކޮށް އެހެން ތަނަކަށް ދިޔުމަށް އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ކަށަވަރުކޮށްދޭ ގޮތަށް ޣައްޒާގެ ސިއްހީ ނިޒާމު ރައްކާތެރިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ހޮސްޕިޓަލާއި އޭގެ މުވައްޒަފުންނާއި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ގޮވާލާފައެވެ.

އިސްރާއިލުން ހިންގަމުންދާ ޤަތުލުޢާއްމު ފެށުނީއްސުރެ އެމީހުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ހަމަލާދީ، ބޮންއަޅައި، މަގުތައް ބަންދު ކޮށްފައެވެ. މިކަމުގެ ސަބަބުން 1،400 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިންނާއި ބަލިމީހުންނާއި ހިމާޔަތަށް އެދިގެން އެތަންތަނުގައި ތިބި މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.