ޣައްޒާ-
ދުނިޔެ
30 May 2025 | 11:06
60 ދުވަހަށް ޤަތުލްޢާއްމު މެދު ކަނޑާލަން އިސްރާއިލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެފި

ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ ޤަތުލްޢާައްމު 60 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ ހަފްތާގައި އިސްރާއީލުގެ 28 ގައިދީން ދޫކޮށްލުމާއި، އޭގެ ބަދަލުގައި ފަލަސްތީނުގެ 1،236 ފަލަސްތީނު ގައިދީން ދޫކޮށްލައި، ޝަހީދުވެފައިވާ ފަލަސްތީނުގެ 180 މީހުންގެ ހަށިގަނޑު ރައްދުކުރުން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މެދުވެރިންގެ ގޮތުގައި މިސްރާއި ޤަތަރުގެ ހިމެނިގެން ހުށަހަޅާފައިވާ މި ޕްލޭންގައި، ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މި އެހީތައް ފޯރުކޮށްދޭނީ އދ އާއި ރެޑް ކްރެސެންޓް އަދި އެއްބަސްވެފައިވާ އެހެނިހެން ފަރާތްތަކުންނެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޓްރަމްޕްގެ ހުށަހެޅުން ގަބޫލުކުރިކަމަށް، ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއިލުގެ ރަހީނުންގެ އާއިލާތަކަށް އަންގާފައެވެ.

އަދި، މި ޕްލޭން މިހާރު ދިރާސާކުރަމުންދާ ކަމަށާއި، ހުކުރު ނުވަތަ ހޮނިހިރު ދުވަހު ޖަވާބުދޭނެ ކަމަށް ހަމާސް އިން ބުނެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ.

އެމެރިކާގެ ޕްލޭންގައި ހިމެނޭ ގޮތުން، ދާއިމީކޮށް ޤަތުލްޢާއްމު ހުއްޓާލެވުމުން، ބާކީ ތިބި 30 އިސްރާއީލްގެ ރަހީނުން ހަމާސްއިން ދޫކޮށްލަން ޖެހޭނެއެވެ. އަދި ގަތުލްއާއްމު މެދުކަނޑާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު، އިސްރާއީލުން ޣައްޒާގައި ހިންގާ ހުރިހާ ހަނގުރާމަވެރި އަމަލެއް ހުއްޓާލަން ޖެހޭނެއެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން އަނބުރާ ގެންދަން ޖެހޭނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި، ގަތުލްއާއްމު އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުގެ ކުރިން، ހަމާސް އިން ފުރިހަމައަށް ހަތިޔާރު ދޫކޮށްލައި، ވެރިކަމުގެ ބާރުވެސް ހަމާސްއިން ދޫކޮށްލަންޖެހޭނެއެވެ. އަދި ޣައްޒާގައި ބާކީ ތިބި އިސްރާއީލުގެ 58 ރަހީނުން ދޫކުރަން ޖެހޭނެއެވެ.

ނަމަވެސް ހަމާސްއިން މި ޑިމާންޑްތައް ދަނީ ދެކޮޅުހަދަމުންނެވެ. އެ ޖަމާޢަތުން ބުނާ ގޮތުގައި، އިސްރާއީލުންވެސް ޣައްޒާއިން އެމީހުންގެ ސިފައިން އަނބުރާ ގެންދަންޖެހޭނެއެވެ. އަދި ޤަތުލްޢާއްމު އެއްކޮށް ހުއްޓާލުމަށް އެއްބަސްވާން ޖެހޭނެއެވެ.

ައިސްރާއީލުން ޣައްޒާގައި މި ޤަތުލުޢާއްމު ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. މި ޤަތުލްއާއްމުގައި54،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.