ރައީސްގެ ދެކަނބަލުން މީގެ ކުރީން އުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 May 2025 | 13:30
ހައްޖުގެ އަޅުކަމަށް ދަނީ ދިވެހީންގެ ކޯޓާގައެއް ނޫން، ރަސްގެފާނުގެ މެހެމާންދާރީގައި: ރައީސް

މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި އެ ގައުމުގެ ހަރަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ނަމުގައި ގެނެސްދޭ ޕޮޑްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ މި ޕޮޑްކާސްޓްގެ ހަތްވަނަ އެޕިސޯޑްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު މި އަހަރު, ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަށް ސައުދީން ދީފައިވާ ކޯޓާގެ ތެރެއިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެ ވާހަކަތައް ރައީސް ސިފަ ކުރެއްވީ ވަރަށް ދެރަ ކަމެއްގެ ގޮތުގަ އެވެ. ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އެމަނިކުފާނުގެ ދައުވަތަކަށް ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ވެސް ސައުދީން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ވެރީންނަށް ވެސް ސައުދީ ސަރުކާރުން އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް މި ކަންކަން ހަމަޖައްސައިދެވިފައި މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖު ކޮށްދީފައި، ހަމަޖައްސައިދީ ފައި. އެއީ ވެސް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި," ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.