ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރެވުނު އިހްތިޖާޖެއްގެ ތެރެއިން: ފޮޓޯ/ ސަން
ހަބަރު
02 Jun 2025 | 11:51
6 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސާބިތުވެގެން އިއްވި 15 އަހަރުގެ ހުކުމް ބާތިލްކޮށްފި

ހަ އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ކުއްޖާގެ ބައްޕަގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމެއް ބާތިލުކޮށް، އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ މުހައްމަދު ނިޔާޒް ކިޔާ މީހަކަށެވެ. މިއީ ކުޑަކުދިންނާ ގުޅޭ މައްސަލަ އަކަށްވުމުން ފިރިހެންމީހާގެ ރަށާއި އެހެނިހެން މައުލޫމާތު ވަނީ މައްސަލަ ނިންމި ރިޕޯޓްގައި ސިއްރު ކޮށްފައެވެ. 

ނިޔާޒްގެ މައްޗަށް އުފުލާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެކަން ސާބިތުވެ އިއްވި 15 އަހަރުގެ ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. 

މައްސަލަ އިސްތިއުނާފް ކުރީ އެކަށިގެންވާ މިންވަރަށް ހެކި ނެތީސް ހުކުމް ކުރުމުން ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. 

އެ މައްސަލާގައި ބުނެފައިވާގޮތުން، ނިޔާޒް ވަނީ ކުއްޖާގެ ގެއަށް ގޮސް، އެ ގޭގެ ފާހާނާ ތެރޭގައި ކުއްޖާގެ ކުރިމަތިފަރާތާއި މޭމަތީގައި އަތްލާފައެވެ.

ދިފާއުގައި އޭނާ ބުނެފައިވަނީ، ކުއްޖާ ގަޔަށް އަތްލާފައިވަނީ ކުއްޖާ ފާހާނާ ކުރުމަށް ފަހު އެ ކުއްޖާ ދޮއްވުމަށް ކަމަށެވެ. އަދި އެކަން، ކުއްޖާގެ ގައިގައި އަތްނުލާ ނުކުރެވޭނެ ކަމަށާ، ކުއްޖާއަށް އަނިޔާއެެއް ވެފައި ނުވާކަން ކުއްޖާ ބެލި ޑޮކްޓަރުގެ ރިޕޯޓުން އެނގޭނެ ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އަދި މައްސަލާގައި ދަށު ކޯޓުން ކުއްޖާގެ ބަޔާނެއްވެސް ނަގާފައި ނުވާއިރު ކުއްޖާގެ މަންމަގެ ބަޔާނުން އެނގޭގޮތުން، މަންމައަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ، މަންމަ ކޮށްފައިވާ ނޭދެވޭ ސުވާލުތަކުގެ ސަބަބުން ކުއްޖާ ބުނި ވާހަކަ ތަކެއް ކަމަށް ބެލެވޭ ކަމަށް ނިޔާޒް ބުނެފައުވެއެވެ. 

ހަމަ އެހެންމެ، މަންމަ ބަޔާން ދީފައިވަނީވެސް ކުއްޖާގެ ބައްޕަދެކެ ނުރުހުންވެ ހުރެކަން އެނގޭއިރު މަންމަގެ ހެކި ބަހާމެދު ސުވާލު އުފެދޭ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދި ފަރާތް ފަރާތް ހާޒިރުނުކޮށް ޝަރީއަތުން ގޮތް ނިންމާފައުވާ ކަމަށާަ، ނިޔާޒްގެ މައްޗަށް އުފުލި ދައުވާގައި ހާދިސާ ހިނގި ތާރީޚާއި ވަގުތު ވެސް އެނގެން ނެތް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ، އަތްލިކަމަށް ކުއްޖާ ބުނެފައިވުމުން އެއީ ކުއްޖާ ދޮއްވުމުގެ ތެރޭގައި ހިނގި ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އަދި، ކުއްޖާގެ މަންމަގެ ބަހުން ވެސް ހަ އަހަރުގެ ކުއްޖަކު އެ ފަދަ ވާހަކަތަކެއް ހަދަހަދައިގެން ނުދައްކާނެކަން އެނގޭ ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިވެއެވެ.

އެ ވާހަކަތައް އަޑުއެހުމަށް ފަހު ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެލު ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އެ ކޯޓުން އަލުން ބަލަން ތަހުވީލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.