އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމުޖަލްސާގެ ތެރެއިން... ފޮޓޯ: އެސްޓީއޯ
ވިޔަފާރި
02 Jun 2025 | 21:09
ހިއްސާގެ ބާޒާރުގައި އަދިވެސް އަގުތައް އެންމެ މަތީގައި އުޅެނީ އެސްޓީއޯ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެސްޓީއޯގެ ހިއްސާގެ މުއާމަލާތްތަކުގެ އަގުތައް އަނެއްކާވެސް މައްޗަށް ހިނގައްޖެއެވެ.

ހިއްސާގެ ބާޒާރުގެ އެންމެފަހުގެ މުއާމަލާތްތަކަށް ބަލާއިރު، އެސްޓީއޯގެ ހިއްސާގެ އަގުވަނީ 2،065 ރުފިޔާއަށް އުފުލިފައެވެ. މިއަހަރު ފާހަގަކުރެވެނީ ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ އަގުތައް ވަރަށް މަތީގައި އުޅޭ އަހަރެއްގެ ގޮތުގައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެސްޓީއޯގެ ހިއްސާގެ މުއާމަލާތްތައް އެންމެފަހުން ހުރިގޮތަށް ބަލާއިރު، އެ ކުންފުނީގެ ދެ ހިއްސާ އެއް 2،065 ރުފިޔާގެ މަގުން ވިއްކުމަށް ހުށަހަޅާފައިވާއިރު، 12 ހިއްސާ 2،2010 ރުފިޔާގެ މަގުން ވިއްކުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން 1،700 ރުފިޔާގެ އަގަކަށް އެސްޓީއޯގެ ހިއްސާ ގަތުމަށްވެސް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑެއިލީ ޓްރޭޑިން ބޯޑު

ހިއްސާގެ ބާޒާރުގައި މިދިޔަ މަހު އެސްޓީއޯގެ ހިއްސާގެ އަގު ވަނީ، 2،090 ރުފިޔާއަށްވެސް އަރާފައެވެ. ސެކަންޑްރީ މާކެޓްގައި އެސްޓީއޯގެ ހިއްސާގެ އަގު އުފުލެން ފަށާފައިމިވަނީ މާލީގޮތުން އެކުންފުނި ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހާފައެވެ. މިދިޔަ އަހަރުވެސް އެސްޓީއޯއިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި އެ އަދަދު ބަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.