ހައްޖަށް ދާ ބަޔަކު— ފޮޓޯ/ އަރަބް ނިޔުސް
ދުނިޔެ
03 Jun 2025 | 09:47
ހުއްދަ ނެތި 108 މީހުން މައްކާއަށް ގެންދިއުމަށް މަސައްކަތްކުރި އިތުރު ބަޔަކު ހައްޔަރު؛ ލައްކައަކުން ޖޫރިމަނާ ކުރެވޭނެ

ސައުދީ އަރަބިއްޔާގައި ހައްޖު ހުއްދަ ނެތި 108 މީހުން މައްކާއަށް ގެންދިއުމަށް މަސައްކަތްކުރި 3 މީހުން ހައްޔަރުކޮށްފިއެވެ. 

ސައުދީ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، މި މީހުން ވަނީ ބޮޑެތި އުޅަނދުތަކުގެ ސިއްރު ކޮންޕާޓްމަންޓް ތަކުގެ ތެރޭގައި ބިދޭސީން ފޮރުވައިގެން މައްކާއަށް ވެއްދުމަށް މަސައްކަތްކޮށްފައެވެ. މިއީ ހައްޖު ގަވާއިދުތަކާ ޚިލާފު ޢަމަލެކެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ މީހުން ވަނީ ކަމާބެހޭ އިދާރާތަކަށް ހަވާލުކޮށްފައެވެ.

ދާދިފަހުންވެސް، ހައްޖު ގަވާއިދުތަކާ ޚިލާފުވި 17 މީހަކަށް އަދަބު ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 11 ސައުދީ ރައްޔިތުންނާއި 6 ބިދޭސީންނެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ހައްޖު ހުއްދަ ނެތި 54 މީހުން މައްކާއަށް އުފުލަން މަސައްކަތްކުރަނިކޮށެވެ.

މިފަދައިން ވަގަށް ހައްޖަށް މީހުން އެތެރެކުރަން މަސައްކަތްކުރާ މައްސަލާގައި ހިމެނޭ އެންމެނަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ.

މީގެ ތެރޭގައި ޖަލަށްލުމާއި، 100،000 ސައުދީ ރިޔާލަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއި، ޤަވާއިދާ ޚިލާފުވި މީހުންގެ މަޢުލޫމާތު ހާމަކުރުން ހިމެނެއެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީން އަދަބު ތަންފީޒުކުރުމަށްފަހު ޤައުމުން ބޭރުކޮށް، 10 އަހަރު ވަންދެން ސައުދީ އަރަބިއްޔާއަށް ވަނުން މަނާކުރެވޭނެއެވެ.

ހުއްދަ ނެތި ހައްޖަށް ދިއުމަށް މަސައްކަތްކުރާ ފަރާތްތައް 20،000 ސައުދީ ރިޔާލަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި މައްސަލާގައި ބޭނުންކުރި އުޅަނދުތައް ހިފެހެއްޓުމަށް ޝަރުޢީ އަމުރަށް އެދިފައިވާ ކަމަށް ވެސް ސައުދީ ނޫސްތަކުން ބުނެފައިވެއެވެ.

ސައުދީން ވަނީ އެންމެހައި ރައްޔިތުންނާއި ބިދޭސީންނަށް ހައްޖު ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ގަވާއިދުތަކަށް ތަބާވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް