ހޫނުގެ ސަބަބުން ހާލުދެރަވެފައިވާ ހާޖީއެއް ފަރުވާއަށް ގެންދަނީ: ފޮޓޯ/ އޭއެފްޕީ
ދުނިޔެ
03 Jun 2025 | 12:56
މިއަހަރުގެ ޙައްޖު މޫސުން އާދަޔާ ޚިލާފަށް ހޫނުވެދާނެކަމުގެ އިންޒާރު ސައުދީން ދީފި

މިއަހަރުގެ ޙައްޖު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެދާނެ ކަމަށް އިންޒާރު ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ އޮފް މެޓިއޮރޮލޮޖީ (އެންސީއެމް) އިން ދީފިއެވެ. އެ މަރުކަޒުން ބުނާ ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރައިފާނެއެވެ.

އެންސީއެމްގެ ސީއީއޯ ޑރ. އައިމަން ޣުލާމް ވިދާޅުވި ގޮތުގައި ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިން 40 އާއި 47 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، ރޭގަނޑުގެ ވަގުތުތަކުގައި 27 އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވައިގެ ތެތްކަން 15 އާއި 60 އިންސައްތައާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން، އުތުރާއި އުތުރު-ހުޅަނގު މިސްރާބުން ގަޑިއަކަށް 25 އާއި 35 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ވައިގެ ތެރޭގައި ހިރަފުސް ދައުރުވާ މިންވަރު އިތުރުވެ، ޚާއްސަކޮށް ހުސްބިންތައް އޮންނަ ސަރަހައްދުތަކާއި މާތް މުޤައްދަސް ބިންތަކަށް ދިއުމަށް ދަތުރުކުރާ ހައިވޭތަކުގައި ފުސްކަން އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ޒުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށް މަޤާމުލް މުޤައްދަސާގެ ސަރަޙައްދުތަކަށް ވިއްސާރަ ކުރުމުގެ ފުރުސަތު އޮތް ކަމަށާއި، މިކަމުގެ ސަބަބުން ހިރަފުސްކަން އިތުރުވެ، ޙައްޖާޖީންނަށް އޮންނަ ނުރައްކާ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޙާލަތާ ގުޅިގެން، ޙާޖީން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގިނަ ގިނައިން ފެން ބުއިމަށް ސަމާލުކަން ދިނުމަށާއި، މޫސުމާ ގުޅޭ ރަސްމީ އަޕްޑޭޓްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ސައުދީގެ މޫސުމާ ބެހޭ އިދާރާއިން މިފަދައިން އިންޒާރުދޭއިރު، ޙާޖީންގެ ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. މިގޮތުން، "ކޫލްޑް ރޯޑްސް އިނީޝިއޭޓިވް" ގެ ދަށުން މައްކާގައި ފިނިކުރެވިފައިވާ މަގެއް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ މަ މަޤްޞަދަކީ ހޫނުކަން ކުޑަކޮށް، މަގުތަކުގެ ފިނިހޫނުމިން ދަށްކޮށް، ޙާޖީންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް