ތިއޯ ހެނާންޑޭޒް
ކުޅިވަރު
03 Jun 2025 | 17:03
އޭސީ މިލާނުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް އަލް ހިލާލަށް!

އިޓަލީގެ އޭސީ މިލާނުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ހޯދުމަށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލުން އޭސީ މިލާނާއި އެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އިޓަލީ މީޑިއަތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭސީ މިލާނުން އެކުލަބުގެ ފްރާންސް ޑިފެންޑަރު ހެނާންޑޭޒް އަލް ހިލާލަށް ވިއްކާލުމަށް އެއްބަސްވެފައި ވަނީ 35 މިލިއަން ޔޫރޯގެ އަގަކަށެވެ. މިއީ އޭސީ މިލާނުން 2019 ވަނަ އަހަރު ރެއާލް މެޑްރިޑުން ގަތް އަގަށްވުރެ 12 މިލިއަން ޔޫރޯ އިތުރު އަގެކެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ވަނީ ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި އޭސީ މިލާނުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން 2021/22 ވަަނަ ސީޒަނުގެ ލީގު ޗެންޕިއަންކަން އެޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން އަލް ހިލާލުން ހެނާންޑޭޒަށް އަހަރު 15 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅާފައިވާއިރު، ކުޅުންތެރިއާގެ ފަރާތުން މިއަދަދު 20 މިލިއަން ޔޫރޯއަށް ބޮޑުކުރުމަށް ހުށަހަޅާފައިވާކަމަށް ވެސް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮއްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ކުލަބު ވޯލްޑްކަޕަށް ޓީމު އިތުރަށް ވަރުގަދަކުރުމަށް އަލް ހިލާލުން، އެޓީމުގެ ވާދަވެރި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެއް މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ހޯދުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.