ފުރުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު ބަސް ޓާމިނަލުގައި... ފޮޓޯ: ސަން
ކުޅިވަރު
03 Jun 2025 | 17:39
އެކުވެރިކަމުގެ މެޗެއް ކުޅުމަށް ޤައުމީ ފުޓްބޯޅަ ޓީމު ސިންގަޕޫރަށް ފުރައިފި!

ސިންގަޕޫރުގެ ގައުމީ ޓީމާއެކު އެގައުމުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗު ކުޅުމަށް، ގައުމީ ފުޓުބޯޅަ ޓީމު ފުރައިފިއެވެ.

ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަދި އެގައުމުގައި ފަސް ދުވަސް  ތަމްރީނު ހެދުމަށްފަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ގައުމީ ޓީމު ދަތުރުކުރާނީ އޮސްޓްރޭލިއާ އަށެވެ.

މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން 10 ގައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ. މެޗު ކުޅެނީ އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްކަށްވާ ޑާވިންގައި ހުންނަ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. މިއީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ނަމަވެސް މިއީ ރަސްމީ ފުޓުބޯޅަ މެޗުތައް ކުޅުމަށް އެހާ ގިނައިން ބޭނުންކުރާ ސްޓޭޑިއަމެއް ނޫނެވެ.

ރާއްޖެއާއި ޓިމޯ ލެސްޓޭ މެޗަކީ އަވޭ މެޗެކެވެ. އެހެން ނަމަވެސް ޓިމޯ ލެސްޓޭގައި ފީފާގެ މިންގަނޑުތަކަށް ފެތޭ ސްޓޭޑިއަމެއް މިވަގުތު ނެތެވެ. އެ ގައުމުގައި ފީފާ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. މިދިޔަ މާރިޗް މަހު، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފިލިޕީންސް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށްފަހު ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.