މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ދިވެހި ޙައްޖުވެރިންނަށް މިނާއަށް މަރުޙަބާކިއުން. ފޮޓޯ/ ޙައްޖު ކޯޕަރޭޝަން
ހަބަރު
04 Jun 2025 | 09:45
ދިވެހި ޙައްޖާޖީން މިނާގައި، އެންމެންގެ ހާލުވެސް ރަނގަޅު

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ގޮސްފިއެވެ. ޙައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރާއްޖެއިން މިއަހަރު 1000 މީހުން ޙައްޖަށް ގޮސްފައިވާއިރު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅު ކަން ފާހަގަކޮށްލަން ޖެހެއެވެ. ދިވެހި ޙައްޖާޖީން މިނާއަށް ދަތުރުކޮށްފައިވަނީ 21 ބަހުގައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މިއަހަރުގެ މިނާގެ އިންތިޒާމުތަކަކީ ވެސް މީގެކުރިން އަހަރުތަކުގައި ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމުތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ތިބޭނީ، ދިވެހީންނަށް ޚާއްޞަ ކުރެވިފައިވާ ފޭލިގެތަކުގައެވެ. އެ ފޭލިގެތަކުގައި އެހެން އެއްވެސް ޤައުމެއްގެ ޙާޖީންނެއް ނުތިބޭނެއެވެ. މީގެކުރިން ދިވެހި ޙާޖީންނަށް ދެމުންދިޔައީ ސީ ކެޓަގަރީގެ ޚިދުމަތް ނަމަވެސް މިއަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ދެނީ ބީ ކެޓަގަރީގައެވެ.

މިއަހަރު ދިވެހި ޙާޖީންގެ ކެއުމުގެ ފެންވަރުވެސް އެހެންއަހަރުތަކާ އަޅާބަލާއިރު ރަނގަޅުކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެކުރިީގެ އަހަރުތަކުގައި ޙާޖީންނަށް ޕާރުސަލުތަކުގައި ކެއުން ބެހިނަމަވެސް، މިއަހަރު ޙާޖީންނަށް ކެއުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ބުފޭގައެވެ. އަދިހަމައެހެންމެ، ކޮންމެ ވަގުތެއްގައިވެސް ޙާޖީން ބޭނުންވެއްޖެނަމަ ކެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ދިވެހި ޙައްޖާޖީން ބޭނުންކުރާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަށް ކަން ފާހަގަކޮށްލަންޖެހެއެވެ. 

މިނާގައި ޙައްޖާޖީން މިއަދު މަޑުކުރުމަށްފަހު، މިރޭ ދަތުރުފެށުމަށް ހަމަޖެހިފައިވަނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަލުން އަނބުރާ މިނާއަށް ދާނެއެވެ. އެހެންކަމުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުގައިވެސް ޙާޖީން މަޑުކުރާނީ މިނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.