ދިވެހި ޙާޖީން އަރަފާތު ބިމުގައި: ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
05 Jun 2025 | 09:10
ދިވެހި ހުރިހާ ހައްޖާޖީން ޢަރަފާތު ބިމުގައި، ޢަރަފާތު ބިމުގެ ހޫނުމިން 40 ޑިގްރީން މަތީގައި

މިއަހަރު ހައްޖަށް ދިޔަ ދިވެހި ހުރިހާ ޙައްޖާޖީންނަށް ޢަރަފާތު ބިމަށް ދެވިފައިވާ ކަމަށާ، ޙައްޖާޖީންގެ ޙާލު ރަނގަޅަށް ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.

ދިވެހި ހައްޖުވެރިން ޢަރަފާތު ބިމަށް ދިޔުމަށް ދަތުރު ފެށީ ރޭ މައްކާ ގަޑިން 21:30 ގައެވެ. އަދި ފަތިހު 3:30 ކަންހާއިރު އެންމެނަށްވެސް ޢަރަފާތު ބިމަށް އާދެވިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވަނީ ވިދާޅުވެފައެވެ.

މިއަދު ހުރިހާ ހާޖީން އަރަފާތު ޓެންޓުތަކުގައި މަޑުކޮށްލައިގެން ދުޢާކޮށް ޒިކުރުކުރަމާއި އަޅުކަމުގައި މަސްއޫލުވުމުގައި އެތައް ގަޑިއިރެއްވަންދެން ދެމިތިބޭނެއެވެ. 

ހައްޖާޖީން އަރަފާތު ބިމަށް ޖަމާވެފައުވާއިރު، ސަޢުދީ ހައްޖު އަދި އުމްރާގެ މިނިސްޓަރު ތައުފީޤް އަލް-ރަބީއާ ވަނީ އަރަފާތު ބިމުގެ ހޫނުމިން 40 ޑިގްރީއިން މައްޗަށް ދާނެ ކަމަށް ލަފާކޮށް ހޫނު ވަގުތު ތަކުގައި ޓެންޓުތަކުގައި މަޑު ކުރުމަށް އިލްތިމާސް ކޮށްފައެވެ. 

އެގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެނދުނު 10:00 އިން ހަވީރު 4:00 އަށް ހައްޖާޖީން އެމީހުންގެ ކޭމްޕްތަކުގައި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެވަގުތު ތަކުގައި ބޭރުގައި ހިނގާ އުޅުމަކީ ހައްޖާޖީންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން، އަރަފާތުން މުޒްދަލިފާއަށް ދިއުމަށް ކަނޑައެޅިފައިވާ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. އަދި، ހައްޖާޖީންގެ ހަރަކާތްތަކާ ގުޅޭ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް  އަންގަވާފައިވެއެވެ.

ހަމައެހެންމެ، މިނިސްޓަރު އަލް-ރަބީއާ ވަނީ ނުސުކް ކާޑުގެ މުހިންމުކަން ފާހަގަކުރައްވައި، މި ކާޑަކީ މަސްޖިދުލް ހަރާމަށާއި، މަޝްއަރުލް ހަރާމްތަކަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތަކަށް ވަދެނިކުމެ އުޅުމަށް ކޮންމެހެން ބޭނުންވާނެ އެއްޗެއްކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރު ހައްޖު ހުއްދަ ޗެކްކުރުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.