ސިމޯން އިންޒާގީ އާއެކު އަލް ހިލާލުން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން...
ކުޅިވަރު
05 Jun 2025 | 10:06
އިންޓަ މިލާން ދޫކޮށްލުމަށްފަހު، އިންޒާގީ އަލް ހިލާލަށް!

ޗެންޕިއަންސް ލީގު ފައިނަލުފައި ޕީއެސްޖީ އަތުން ތަފާތުބޮޑު ނަތީޖާއަކުން ބަލިވި އިންޓަ މިލާނުގެ ކުރީގެ ކޯޗު ސިމޯން އިންޒާގީ އެކުލަބު ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ ކޯޗުކަމާއި ހަވާލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 49 އަހަރުގެ އިންޒާގީ އަލް ހިލާލް އާއި ގުޅުނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުން 25 މިލިޔަން ޔޫރޯގެ މުސާރައަށެވެ.

މިއާއެކު އޭނާ ވެގެންގޮސްފައިވަނީ މިވަގުތު ދުނިޔޭގައިހުރި އެންމެ މުސާރަ ބޮޑު ކޯޗަށެވެ. މި ލިސްޓުގެ ދެވަނައިގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޮތްއިރު، ތިންވަނައިގައި މިވަގުތު އޮތީ އާސެނަލްގެ ކޯޗު މިކެއިލް އާޓެޓާ އެވެ.

2021 ވަނަ އަހަރު ލާޒިއޯ ދޫކޮށް އިންޓަ މިލާނާއި ހަވާލުވި އިންޒާގީ ވަނީ އެކުލަބާއެކު އިޓާލިއަން ސުޕަކަޕް ތިންފަހަރު އަދި ކޮޕާ އިޓާލިއާ ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރުން،  މިދިޔަ އަހަރު އިޓާލިއަން ލީގު ޗެންޕިއަންކަން ވެސް ހޯދާފައެވެ. 

މީގެ އިތުރުން ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިންޒާގީ ވަނީ ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެންޕިއަންސް ލީގުގެ ފައިނަލުން އެޓީމަށް ދެފަހަރު ޖާގަ ހޯދައިދީފަ އެވެ.

އިންޒާގީ ޓީމާއި ހަވާލުވުމަށްފަހު އެޓީމުން ކުޅޭ ފުރަތަމަ މުބާރާތަކީ މިމަހުގެ 15 ގައި އެމެރިކާގައި ފަށާ ކުލަބު ވޯލްޑްކަޕްގައެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެޓީމު ކުޅޭ ފުރަތަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު އެޓީމުން ނުކުންނާނީ، ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. 



 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.