ކޮލަމްބޯގެ މައި އެއާޕޯޓްގައި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންގެ ތަކެއް... ފޮޓޯ: ކޮލަމްބޯ ޓައިމްސް
09 Jun 2025 | 13:51
ސްރީލަންކާގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަކީ އަދިވެސް އިންޑިއާ

ރާއްޖެއަށްވުރެ ގިނައިން އަދިވެސް އިންޑިއާގެ ފަތުރުވެރިން އަވައްޓެރި ސްރީލަންކާއަށް ޒިޔާރަތްކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސްރީލަންކާގެ ޓޫރިޒަމް ރިސާޗް އެންޑް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި މެއިމަހުގެ ނިޔަލަށް އިންޑިއާގެ  204,060 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 188،223 ފަތުރުވެރިންގެ އިތުރުވުމެކެވެ. ހުސްވި މެއިމަހު އެކަނިވެސް އިންޑިއާގެ 47,001 ފަތުރުވެރިން ވަނީ ލަންކާއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މެއިމަހާ އަޅާބަލާއިރު 35.4 އިންސައްތައިގެ އިތުރުވުމެވެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55,431 ގައެވެ. 

ރާއްޖެއާ ސްރީލަންކާ އާ ދެޤައުމުގެ ޓޫރިޒަމަށް ބަލާއިރު، އެޤައުމުން ވަނީ މިދިޔަ މެއިމަހު 1 މިލިއަން ވަނަ ފަތުރުވެރިއާއަށް މަރުހަބާކިޔާފައެވެ. މެއިމަހުގެ ނިޔަލަށް ސްރީލަންކާއަށް 1,029,803 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 966,358 ފަތުރުވެރިންނެވެ.

ސްރީލަންކާގެ ގަދަ 5 މާކެޓް

1. އިންޑިއާ: 204,060

2. ރަޝިއާ: 110,421

3. އިނގިރޭސިވިލާތް: 96,274

4. ޖަރުމަނުވިލާތް: 69,078

5. ފްރާންސް: 57,112

ދިވެހިރާއްޖޭގެ ގަދަ 5 މާކެޓް

1. ޗައިނާ: 115,802

2. ރަޝިއާ: 105,059

3. އިނގިރޭސިވިލާތް: 98,695

4. އިޓަލީވިލާތް: 81,545

5. ޖަރުމަނުވިލާތް: 73,772

އަވައްޓެރި ސްރީލަންކާއިން ދަނީ އެޤައުމުގެ އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެ، މައިގަނޑު ސިނާއަތްތައް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލަންކާގެ ޓޫރިޒަމް މިނިސްޓްރީން ވަނީ މިހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހު ޤައުމީ ފެންވަރުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ހާއްސަ ކެމްޕެއިނެއް ފެށުމަށް ނިންމާފައެވެ. އެގޮތުން މި ކެމްޕެއިނުގައި ލަންކާގެ މަޝްހޫރު ފަރާތްތަކުގެ ބައިވެރިވުން ފެނިގެންދާނޭކަމަށް ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯއިން ވަނީ ބުނެފައެވެ.

ރާއްޖޭެގ ޓޫރިޒަމުންވެސް ވަނީ މަންޒިލެއްގެ ގޮތުގައި ރައްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ކްލަބް ލިވަޕޫލް އަދި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންސް އާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމަށް ފަށާފައިވާ މާކެޓިން ކެމްޕެއިން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމްގައި ރާއްޖެއާއި ލަންކާއަކީ ވާދަވެރި ދެޤައުމުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.