އިސްރާއިލުން އިރާނަށް ބޮން އެޅުން-
ދުނިޔެ
13 Jun 2025 | 10:18
އިސްރާއިލުން އިރާނުގެ އަސްކަރީ އަދި ނިޔުކްލިއާ މަރުކަޒު ތަކަށް ބޮން އެޅުން ސައުދީން ކުށްވެރިކޮށްފި

އިސްރާއިލުން އިރާނުގެ އަސްކަރީ އަދި ނިޔުކްލިއާ މަރުކަޒުތަކަށް ބޮން އެޅުން ސައުދީ ޢަރަބިއްޔާއިން ކުށްވެރިކޮށްފިއެވެ. 

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި، އިސްރާއިލުން އިރާނަށް ބޮން އެޅުން ސިފަކޮށްފައިވަނީ ފާޅުކަން ބޮޑު އުދުވާނީ ހަމަލާތަކެއްގެ ގޮތުގައެވެ. އަދި މިފަދަ ހަމަލާތަކަކީ އިރާނުގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

މިއާއެކު ސައުދީ އަރަބިއްޔާއިން ވަނީ، މި އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ސެކިއުރިޓީ ކައުންސިލުގެ މައްޗަށް ކަން ފާހަގަކޮށް އެ ވާޖިބު އަދާކުރުމަށް ގޮވާލާފައެވެ. 

މިއަދު ފަތިހު އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކުގައި އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަވެފައެވެ.

އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ބަޣޭރީގެ އަވަހާރަވެފައުވާއިރު އޭނާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެތައް އަސްކަރީ އޮފިސަރުންނަކާއި ސައިންޓިސްޓުންނެއް މި ހަމަލާގައި މަރުވެފައިވާކަމަށް ވެސް ރިޕޯޓުކުރެވެއެވެ.

އޭގެ ތެރޭގައި، އީރާނުގެ އިންޤިލާބީލަޝްކަރުގެ ކޮމާންޑަރު ހުސައިންސަލާމީ އާއި، ޚަތީމް އަލް އަންބިއާ މިލިޓަރީ ހެޑްއުއާޓަރގެ ކޮމާންޑަރު ގުލާމް އަލީ ރާޝިދު އަދި ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހެރާނީ އާއި ފެރީދޮން އައްބާސީ ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.