ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، މަޝްހޫރު މީހުން ކޮޕީކުރާ މީހުންނަށް ރަސޫލާ ﷺ ދެއްވި އިންޒާރުގެ ބަސްފުޅަށް މިއަދުގެ ޚުތުބާގައި ވަނީ އަލިއަޅުވާލާފައި-.-
ދީން
13 Jun 2025 | 12:26
ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، މަޝްހޫރު މީހުން ކޮޕީކުރާ މީހުންނަށް ދެއްވި އިންޒާރު

ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން މިފަހުން ޢާންމު ވެފައިވާއިރު، އެފަދަ މީހުންނަށް ރަސޫލާ ﷺ ދެއްވާފައިވާ އިންޒާރުގެ ބަސްފުޅަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފިއެވެ. 

”ތަވާޟުޢު ވެރިކަމަކީ ދަރަޖައުފުލިގެންވާ ކަމެކެވެ“ މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނީ، ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާ އެއީ މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށެވެ.

އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުމެވެ. ހަމަކަށަވަރުން ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. އަދި ޞާލިޙުންގެ ޢަލާމާތެކެވެ. ފަހެ، އެ ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވެއެވެ. އަދި ނަޞްރުވެރީންނަށް ނަޞްރު ލިބެއެވެ. ހަމަ އެ ފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހެއެވެ. އަދި އެސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް الله އުފުއްލަވަތެވެ. އަދި އެސިފައިގައި ހިފަހައްޓައިފި މީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި، ބާއްޖަވެރިކަން ދެއްވައެވެ.

ހުކުރު ޚުޠުބާ

މިއާއެކު ޚުޠުބާގައި ބުނީ، ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމަށާ އެއީ އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއް ކަމަށެވެ. އަދި މީހަކު، މާތް اللهގެ ޙަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ، އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުން ނަމަ، އެ މީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާޤުގައި ހިފެހެއްޓުން ކަމަށްވެސް ބުންޏެވެ.

ޚުތުބާގައި އިތުރަށް ވަނީ ތަވާޟުޢުވެރިކަން އޮންނާން ޖެހޭ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ، މާތް الله އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތް اللهގެ މަތިވެރިކަމާއި جَلَالُވަންތަކަމާއި كِبْرِيَاءُވަންތަކަމާއި عِزَّةވަންތަކަމަށް ވާއިރު، ތިންވަނަ ކަމަކީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުން ކަމަށް ބުނެފައިވެއެވެ.

”މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުންވަނީ ޢާންމު ކަމަކަށް ވެފައެވެ. ޚާއްޞަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ކަން ވަނީ ރީތި ކަމެއްކަމުގައި ވެފައެވެ.“

ނަބިއްޔާ ﷺގެ ޙަދީޘްފުޅުގައި ވެއެވެ. (بَيْنَمَا رَجُلٌ يَـجُرُّ إِزَارَهُ مِنَ الْـخُيَلَاءِ، خُسِفَ بِهِ، فَهُوَ يَتَجَلْجَلُ فِي الْأَرْضِ إِلَى يَوْمِ الْقِيَامَةِ) މާނައީ: "ފިރިހެނަކު ބޮޑާކަމާ އެކު އޭނާގެ އިޒާރު (ހެދުން) ބިންމަތީ ދަމަމުން ދަނިކޮށް އޭނާ ބިމުގެ އަޑިއަށް ގަންބަވައިގެންފިއެވެ. ފަހެ، ޤިޔާމަތާ ހަމަޔަށް އޭނާ ބިމުގެ އަޑިއަށް ގެނބިގެނބި ހުންނާނެތެވެ."

ޚުޠުބާ

ޚުތުބާގައި ބުނެފައިވާ ގޮތުން، ތަވާޟުޢުވެރިވާންވީ ހަތަރުވަނަ ކަމަކީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެމީހުންނަށް އެހީތެރިވުމުގައެވެ. 

އަދި މާތް اللهއަށް ބިރުވެތިވެ، ކިބުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ޙަޟްރަތަށް ތަވާޟުޢުވެރިވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
އިޒްރޭލުން ގާޒާގެ އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފި
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހުގެރޭ ދަންވަރު ޣައްޒާ ސިޓީއަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފިއެވެ.
22 Jul 2026
ހަނިމާދޫގައި ލޯންޗެއްގައި ރޯވެ، ދެމީހަކު ފިހިއްޖެ
އަދި މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.