ޗައިނާގެ ބޯޓު، ޓައިވާންގެ ކޯސްޓްގާޑް ބެލުމުގެ ދަށުގައި.. ފޮޓޯ: ބީބީސީ
ދުނިޔެ
15 Jun 2025 | 16:53
ޗައިނާ ޓައިވާން ކޯޅުން: ސަބްމެރިން ކޭބަލެއް ބުރިކޮށްލި މައްސަލާގައި ޗައިނާ މީހަކަށް ހުކުމެއް

ކަނޑުއަޑިން އަޅާފައިވާ ސަބްމެރިން ކޭބަލްތަކަށް ގަސްތުގައި ގެއްލުންދިން މައްސަލައިގައި ކުށްވެރިވެ، ޗައިނާގެ ބޯޓެއްގެ ކެޕްޓަން ޖަލަށްލުމަށް ޓައިވާން ކޯޓަކުން ހުކުމްކޮށްފިއެވެ.

ޓައިވާން އޮފިޝަލުން ބުނާ ގޮތުގައި މިއީ މިދިޔަ ފެބްރުއަރީ މަހު ޗައިނާގެ ހުޅަނދު ދެކުނު އައްސޭރިފަށާކައިރިން، ނަގިލި ވައްޓާލައިގެން ސަބްމެރިން ކޭބަލްތަކަށް ގެއްލުންދިން ހިންގް ޓައި-58 ބޯޓުގެ ކެޕްޓަންއެވެ. ޗައިނާގެ ފަޅުވެރިން ތިބި މި ބޯޓަކީ ޓޯގޯގައި ރަޖިސްޓްރީކޮށްފައި އޮތަސް، ޗައިނާގެ ބާރު ހިނގާ ބޯޓެއްކަމަށް ޓައިވާނުން ބުނެއެވެ. ގަސްތުގައި ކޭބަލްތަކަށް ގެއްލުންދިންކަމަށް ކުށް ސާބިތުވިނަމަވެސް، ވޭންގް ނަމަކަޔަށް ކިޔާ މިމީހާ ވަނީ ކުށަށް ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާއަށް ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޓައިވާނުގެ އޮފިޝަލުން ވިދާޅުވިއެވެ. ކޯޓުގެ އޭނާގެ ފުރިހަމަ ނަން ހާމަނުކޮށް، ހާމަކޮށްފައިވަނީ އާއިލީ ނަންކަމަށްވާ ވޭންގް އެކަންޏެވެ.

ވޭންގް ބުނިކަމަށްވަނީ ނަގިލި ވައްޓާލަން ފަޅުވެރިންނަށް އޭނާ އިރުޝާދު ދިންކަމަށާއި، އެއީ ގަސްތުގައި ކޭބަލްތަކަށް ގެއްލުން ދިނުމަށް ކުރިކަމެއް ނޫންކަމަށެވެ. އަދި ކުށްވެރިވިޔަސް ވާން ޖެހޭނީ ފަރުވާކުޑައަމަލެއް ހިންގުމުގެ ކުށުންކަމަށާއި، ގަސްތުގައި ކޭބަލްތަކަށް ގެއްލުން ނުދޭކަމަށް އޭނާ ބުންޏެވެ.

ގެއްލުން ލިބުނު ސަބްމެރިން ކޭބަލްއަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އެކޭބަލް ބަލަހައްޓާ ޗަންގްހުއާ ކުންފުނިން ބައި މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނެވެ. ޓައިވާނުން ކަނޑުއަޑިން އަޅާފައިވާ މުވާސަލާތީ ސަބްމެރިން ކޭބަލްތަކަށް މިއަހަރުގެ މިހާތަނަށް މިފަދަ 5 ހަމަލާ އައިސްފައިވެއެވެ. އަދި މިދިޔަ ދެ އަހަރުވެސް މިފަދަ ހަމަލާތައް އައިސްފައިވާއިރު، ޓައިވާނުން ބުނަނީ ސަބްމެރިން ކޭބަލްތަކަށް ގެއްލުން ދެނީ ޗައިނާއިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ