ރައީސް ނަޝީދު، ރައީސް ސޯލިހު، އަދި ފައްޔާޒް އެމްޑީޕީ ޖަލްސާއެއްގައި... ފައިލް ފޮޓޯ: ވޮއިސް
ހަބަރު
18 Jun 2025 | 23:35
އެމްޑީޕީން، ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީން އެމްޑީޕީއާ ގުޅެން ނިންމުމުން، އެޕާޓީން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީން މިރޭ ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ނުރަސްމީ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އެމްޑީޕީން ވަނީ ޑިމޮކްރެޓްސް އާއި ރައީސް ނަޝީދު އެޕާޓީއާ ގުޅެން ނިންމުމުން ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރަށް ޖަލްސާގައި އެވަގުތު ތިއްްބެވި ހުރިހާ މެމްބަރުންގެ ރުހުން ލިބުނެވެ. 

މިކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީއަކީ ޤައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ހަމަ ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ. ރައީސް ނަޝީދާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާއެކު އެމްޑީޕީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނޭކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕޯގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިއްމު އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން އެމްޑީޕީއާ ގުޅޭ ކޮންމެ މެމްބަރަކީވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭނެ މެމްބަރުންކަމަށް އެޕާޓީން ބުންޏެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނުއަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެމްޑީޕީން އަބަދުވެސް ދެމި އޮންނާނޭކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެޕާޓީން މިރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުވާލައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެކަން ހާމަކޮށް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ވަަނީ އެކަމަށް އެއްބަސްވެ ގަރާރެއް ވެސް ފާސްކޮށްފައެވެ. 

ކުރިން އެމްޑީޕީގެ ރައީސްކަމުގެ މަގާމު ފުރުއްވި، ރައީސް މުހައްމަދު ނަޝީދު އެޕާޓީ ދޫކޮށްލެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލް ތަފާތުވުމެއްގެ ތެރެއިން 2023 ވަނަ އަހަރުއެވެ. އޭގެ ކުރިން ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވައި ރައީސް ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާމެދު އެމްޑީޕީގެ އިސް ބޭފުޅުންގެ ހިިޔާލުވެސް ހޯއްދަވައިފައެވެ.

ކޮމެންޓް
ނަސީމް
އަންނި އެންމެފަހުން ފައްޔާޒު ގެ އުނގަށް ވެއްޓޭނީ ޖެހުނީ މިއީ އަންނީގެ ޑިމޮކްރެސީގެ ފެންވަރަކީ! މި އޮތީ ފޫވަށްވެސް ގޮސްފައި! ފައްޔާޒު ވަރުގަދައީ!
19 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.