ޖެމްކިޔު އެޕް
ހަބަރު
19 Jun 2025 | 10:37
ޖެމްކިޔު އިން ފައިސާ ނުނެގޭގޮތް ހަދައިފި، އުޒުރަކަށް ދެއްކީ އެމެރިކާގެ ފޭކު ސިޓީއެއް

ގިނަ އަދަދެއްގެ ދިވެހިން ލައްކައިން އިންވެސްޓް ކޮށްފައިވާ ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ.

ރާއްޖޭގައި ޖެމްކިޔު ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ހަދާފައިވާ ޓެލެގްރާމު ގްރޫޕުގައި ޖެމްކިޔު އިން ފައިސާ ނުނެގިގެން އެ ބޭނުންކުރާ މީހުން ހިތްހަމަނުޖެހުން ފާޅު ކުރަމުންދަނިކޮށް، ނުނެގޭ ސަބަބު ހާމަކޮށް، އެ ގުރޫޕު ހިންގާ ފަރާތުން ވަނީ ފޭކު ސިޓީއެއް އެ ގުރޫޕަށް ލާފައެވެ.

އެސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖޯންސް ގިބަންސް އަކީ އެއިދާރާގައި މަސައްކަތް ވެސް ކުރާ މީހެއް ނޫންކަން މިހާރު ކަށަވަރު ވެފައިވާއިރު، ފައިސާ އިންވެސްޓް ކޮށްފައިވ ހުރި ފަރާތްތަކުން އަންނަނީ ފައިސާކޮޅު ހިފައިގެން ޖެމކިޔުގެ ވެރިން ފިލީ ކަމަށް ތުހުމަތު ކުރަމުންނެވެ.

41،000 އަށް ވުރެ ގިނަ މީހުން ތިބި މި ގުރޫޕުގައި އިންވެސްޓް ކުރި ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާއިރު، ޖެމްކިޔު ހިންގާ މީހުން އަންނަނީ ކެތެރިވުމަށް އެމީހުން ގާތު އެދެމުންނެވެ. 

އަދި ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށާ އެއީ އާއްމު އުސޫލުން ކުރިއަށް ގެންދާ ރިވިއުއެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ބުނެ އިންވެސްޓްކުރި މީހުން މައިތިރި ކުރަން އެމީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ޖީއެމްސީއީއަކީ ވަކި އަދަދަކަށް އިންވެސްޓްކުރުމުން ކޮންމެ ދުވަހަކު ވެސް ދެ އިންސައްތަ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭ ސްކީމެކެވެ. އެއީ، ޕިރަމިޑް ސްކީމެއްކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ދާދިފަހުން ބުނުމުން، އިންވެސްޓްކުރާ ފައިސާ ޑަބަލްކޮށްދޭނެ ކަމަށްބުނެ އިތުރު އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް ޖެމްކިޔު ހިންގާ ފަރާތުން ވަނީ ފަށާފައެވެ.

އެއާއެކު އެތައް ބަޔަކު ލުއި ލޯން ނަގައިގެންނާއި، ކްރެޑިޓް ކާޑުން އަދި ދަރަންޏަށާ އިތުރު ގޮތްގޮތުން ފައިސާ ހޯދައިގެން މި ސްކީމްގައި ވަނީ އިންވެސްޓް ކޮށްފައެވެ.

އެކައުންޓްތަކުން ފައިސާ ނުނެގޭގޮތް ވެފައި މިވަނީވެސް އޭގެ ފަހުންކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ބުރޯ ދި މޯލްޑިވްސް
ހުރިހާ ސްކީމްތައް ބަންދުކުރުން ވަރަށް މުހިންމު ޖެމްސްކިޔު، ބޭންކު ސިސްޓަމް ފަދަ ޕިރަމިޑް އުސޫލުން ހިންގާ ހުރިހާ އެއްޗެއް ބަންދުކޮށް ފިޔަވަޅު އަޅަން ފެނޭ.
19 Jun 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.