ޑރ.މޫސާ އަންވަރު. ފޮޓޯ: ފަތުވާ މަޖިލިސް
ދީން
19 Jun 2025 | 13:20
ގޮތް ނޭނގޭ ގޮތްގޮތަށް މުޢާމަލާތްކޮށްގެން ފައިސާ ހޯދުމަކީ ދީނުގައި ޙަރާމް ކަމެއް: ޑރ. އަންވަރު

ގޮތް ނޭނގޭ ގޮތްގޮތަށް، އެކިފަރާތްތަކާ މުޢާމަލާތްކޮށްގެން ފައިސާ ހޯދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. މޫސާ އަންވަރު ޙަސަން ވިދާޅުވެއްޖެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން، ހެޔޮގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު މީސްމީޑިއާގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ޑރ އަންވަރު ވިދާޅުވީ، ހެޔޮ ގޮތުގައި މުދާ ހޯދުމަކީ މާތް الله އަންގަވާފައިވާ ގޮތަށް މުދާ ހޯދުން ކަމަށެވެ.

”މީހެއްގެ ހައްގަކަަށް އަރައި ނުގަނެ، އަޅުގަނޑުމެންގެ މުދާ، ހަލާކުގެ ތެރެއަށް އެއްލައި ނުލާ، ރަނގަޅު ގޮތުގައި މުދާ ހޯދުން.“ ޑރ. އަންވަރު ވިދާޅުވިއެވެ. 

މިއާއެކު، މާތް الله ކީރިތި ޤުރުއާނުގައި ދަރިންނާއި މުދަލަކީ ފިތުނައެއް ކަމުގައި ވަޙީ ކުރައްވާފައިވާކަން ފާހަގަކުރައްވައި ޑރ. އަންވަރު ވިދާޅުވީ، އެފަދައިން ވަޙީ ކުރައްވާފައިވަނީ، މާތް الله ނަހީ ކުރައްވާފައިވާ ގޮތުގައި މުދާ ހޯދާތީ ކަމަށެވެ.

ފިތުނަވެރި ކަމަކަށް މިވަނީ މާތްالله ނަހީކުރައްވާފައިވާ ގޮތަށް، މިސާލަކަށް ތިމާއަށް އެ މުދަލަކީ، ކިހިނެއް ކޮންގޮތަކަށް ލިބުނު އެއްޗެއްކަން ނޭނގޭ ގޮތަށް މުދާ ހޯދުން. ނުވަތަ އެފަދަ ވަސީލަތެއް ބޭނުން ކޮށްގެން، އެއީ މިސާލަކަށް އިންޓަނެޓުން ކަމުގައިވިޔަސް، ނުވަތަ ވިޔަފާރީގެ ތެރެއިން ކަމުގައިވިޔަސް، ގޮތް ނޭނގޭ ގޮތްގޮތަށް، ގޮތް ނޭނގޭ މީހުންނާ މުޢާމަލާތް ކޮށްގެން ހޯދޭ ފައިސާ އަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް. ހަމަ އެގޮތަށް މަކަރު ހަދައި އޮޅުވާލައިގެންވެސް މުދާ ހޯދުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއް. 

ޑރ. މޫސާ އަންވަރު ޙަސަން

ޑރ އަންވަރު އިތުރަށް ވިދާޅުވީ، މާތް اللهއާއި، އެކަލާނގެ ރަސޫލުންނާއި ނަބީންވެސް އަހަރެމެންނަށް އަންގަވާފައިވަނީ ޙަލާލް ގޮތުގައި މުދާ ހޯދައިގެން ޙަލާލް ގޮތިގައި ކެއުމަށް ކަމަށެވެ. 

އެހެންކަމުން، ތިމާގެ ދަރިންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނަށް ކާންބޯން ދޭއިރު، އެ ދޭ ތަކެއްޗަކީ ތިމާ ކިހިނެއް ކޮން ގޮތަކަށް ހޯދި ތަކެތިތޯ ޤިޔާމަތްދުވަހުން މާތް الله ސުވާލުކުރައްވާނެކަން ދަންނަންޖެހޭ ކަމަށް ވިދާޅުވިއެެވެ. 

ވުމާއެކު ގޮތް ނޭނގޭ ވަސީލަތްތައް ބޭނުންކޮށް، ގޮތްނޭނގޭ ތަންތަނުގައި އިންވެސްޓް ކުރުމުގެ ބަދަލުގައި، ޙަލާލު ގޮތުގައި މުދާ ހޯދައިގެން ތިމާގެ އަނބިދަރިންނަށް ކާންބޯން ދިނުމަށް ޑރ. އަންވަރު ވަނީ ނަޞޭޙަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.