ޕަލްމެއިރަސްގެ ޒުވާން ފޯވާޑް އެސްޓެވާއޯ، މިމުބާރާތުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން...
ކުޅިވަރު
21 Jun 2025 | 17:51
ކުލަބް ވޯލްޑްކަަޕްގައި ބްރެޒިލްގެ ޓީމުތައް ތަފާތު

މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ 32 ޓީމުގެ މެދުގައި މިމުބާރާތް ބާއްވާ އެންމެ ފުރަތަމަ ފަހަރެވެ. އަދި މިމުބާރާތުގައި މިހާތަނަށް ފެނުނު ކުމުޅުމަށް ބަލާއިރު ބްރެޒިލްގެ ޓީމުތަކުން އަންނަނީ މުބާރާތް ޑޮމިނޭޓް ކުރަމުންނެވެ.

މުބާރާތުގައި ބްރެޒިލްގެ ޕަލްމެއިރަސް، ފްލެމެންގޯ، ފްލޫމިނެންސް އަދި ބޮޓަފޯގޯ ވާދަކުރަމުން އަންނައިރު، މިހާތަނަށް މި ހަތަރު ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ގުރޫޕް އޭގައި ޕޯޗުގަލްގެ ޗެންޕިއަން ޕޯޓޯ، އަދި މިސްރުގެ އަލް އަހްލީގެ އިތުރުން އެމެރިކާގެ އިންޓަ މިއާމީ އާއެކު ޕަލްމެއިރަސް ހިމެނޭއިރު، ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ޕަލްމެއިރަސް އެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ޕޯޓޯއާއި ވާދަކޮށް އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ އަލް އަހްލީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ގުރޫޕް ބީގައި ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ އިތުރުން އެމެރިކާގެ ސިއެޓަލް ސައުންޑާސް އާއެކު ބްރެޒިލްގެ ބޮޓަފޯގޯ ހިމެނޭއިރު، ކުޅުނު ދެމެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ބޮޓަފޯގޯ އެވެ. އެޓީމުން ފުރަތަމަ މެޗުގައި ސިއެޓަލް ސައުންޑާސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި މުބާރާތުގެ ފޭވަރެޓް ޕީއެސްޖީ އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ގުރޫޕް އެފްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑް އަދި ސައުތު އެފްރިކާގެ މަމެލޯޑީ ސަންޑައުންގެ އިތުރުން ސައުތު ކޮރެއާގެ އުލްސާން އެޗްޑީ އާއެކު ބްރެޒިލްގެ ފްލޫމިނެންސް ހިމެނޭއިރު، އެޓީމުގެ ފުރަތަމަ މެޗުގައި ޑޮޓްމަންޑް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

މީގެ އިތުރުން ގުރޫޕް ޑީގައި ޕްރެމިއާ ލީގުގެ ޗެލްސީ އަދި އެމެރިކާގެ ލޮސް އެންޖެލެސް އެފްސީގެ އިތުރުން ޓިއުނީޝިއާގެ ސްޕެރެންސް ޓޫނިސް އާއެކު ބްރެޒިލްގެ ފްލެމެންގީ ހިމެނޭއިރު، ކުޅުނު ދެމެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ފްލެމެންގޯ އެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޕެރެންސް ޓޫނިސް ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ 


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.