ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
22 Jun 2025 | 12:24
ދުނިޔެ މި ދަނީ ތިންވަނަ ބޮޑު ހަނގުރާމައާ ދިމާއަށް: ޕުޓިން

ދުނިޔެ މިހާރު ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް ދަތުރުކުރަމުންދާކަމަށް ވިދާޅުވެ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕުޓިން މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ސެއިންޓް ޕީޓަސްބާގްގައި ބޭއްވި އިޤްތިޞާދީ ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ. 

އެގޮތުން ޕުޓިން ވިދާޅުވީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިދާނެ އެތައް ކަމެއް އެބަހުރި ކަމަށާއި، އެފަދަ ކަންކަން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ދުނިޔޭގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކޯޅުމާއި، ހަނގުރާމައަކީވެސް ބޮޑު ކަންބޮޑުވުމެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަކި ހާއްސަކޮށްވަނީ ރަޝިޔާގެ މާހިރުން އީރާނަށްޓަކައި ދެ އާ ނިއުކްލިއަރ ރިއެކްޓަރ ހަދަމުންދާ ނިއުކްލިއަރ މަރުކަޒުތަކުގެ ވަށައިގެން ހިނގަމުންދާ ކަންކަމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

މިފަދަ ހަމަނުޖެހުންތައް އިތުރުވުމަކީ ދުނިޔޭގެ ސުލްހައާއި އަމާންކަން ނަގާލާނެ ކަމެއް ކަމަށް އެމަނިކުފާނު ވަނީ އިޝާރާތް ކުރައްވާފައެވެ.

"މިއީ ކަންބޮޑުވާންޖެހޭ ކަމެއް. މިއީ ޖޯކެއް ނޫން. އެއްވެސް ޝައްކެއްނެތް، މިތާނގައި ވަރަށް ގިނަ ހަމަނުޖެހުމުގެ ފުރުސަތުތަކެއް އެބަހުރި. އެ ފުރުސަތުތައް ދަނީ އިތުރުވަމުން. އަދި އެކަންކަން ވަމުން އެދަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. އެކަންކަމުގެ އަސަރު ސީދާ އަޅުގަނޑުމެންނަށް ކުރަމުން އެބަދޭ،" ޕުޓިން ވިދާޅުވިއެވެ.

ޕުޓން ވިދާޅުވީ، އެ ކަންތައްތަކަށް ސަމާލުކަން ދިނުމުގެ އިތުރުން، ހައްލުތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހުރިހާ ޤައުމަކުންވެސް، ވީ މިންވަރަކުން ސުލްހަވެރި ހައްލުތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.