މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
ހަބަރު
23 Jun 2025 | 21:50
ދެ އަހަރު ފަހުން ނަޝީދު އަލުން އެމްޑީޕީއަށް، ޝުކުރުގެ ލިސްޓްގައި ސޯލިހްގެ ނަމެއް ނުހިމެނި

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު, އަލުން މިރޭ އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފި އެވެ.

މީގެ ދެ އަހަރު ކުރީން ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެގެންނެވެ. ނަޝީދުގެ ވަފާތެރި ހުރިހާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދާފަ އެވެ.

ނަމަވެސް ދެ އަހަރު ފަހުން އެ ބޭފުޅުން މިރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ. ރައީސް ނަޝީދުއާ އެމަނިކުފާނުގެ ވަފާތެރި މެންބަރުންނަށް މަރުހަބާ ކިޔުމަށް މިރޭ ސަލްޓަޕް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީއާ އަލުން ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.

އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ނަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވި އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ޝުކުރުގެ ލިސްޓްގައި ވަކީން ފާހަގަ އެއް ނުކުރެއްވި އެވެ. 

"ޕާޓީގެ ޗެއާޕާސަން އޮނަރަބަލް ފައްޔާޒް އިސްމާއީލްއާ އަދި ޕާޓީގެ ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދު އަށާއި ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑަށް ތިކިޔުއްވި ހޫނު މަރުހަބަޔަށް ތިބަހައްޓަވާ ގާތް ކަމަށް ތިޔަ ބަހައްޓަވާ އެކުވެރިކަމަށް ދުވަހަކުވެސް ދުރުނުވާ ގުޅުމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން," ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެމަނިކުފާނު މިވަގުތު ރާއްޖޭގައި ވަޑައިގެންނެތެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް 

ނަޝީދު ވިދާޅުވީ އެމްޑީޕީގައި ދެ އަހަރު ދުރުގައި ހުންނެވުމަށް ފަހު މިރޭ އަލުން އެނބުރި އެމްޑީޕީއާ ގުޅުމަކީ އިންތިހާއަށް އުފާވާ ކަމެއް ކަމަށެވެ. ވިދާޅުވީ އެނބުރި ގެއަށް އައުމުގެ އުފާ ލިބިވަޑައިގެންފައިވާ ކަމަށެވެ. މިރޭގެ ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ވިދާޅުވީ ރައްޔިތަކަށް ހެވެއް ހޯދައިދޭން މަސައްކަތް ކުރާނެ ޕާޓީއެއް އެމްޑީޕީ ނޫނީ ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއާ އެމަނިކުފާނު ސިޔާސީ މަސައްކަތަށް ނިކުމެ އޮތީ އެންމެ މަގްސަދެއްގައި ކަމަށެވެ. އެއީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިކުމެ ކުރާ މަސައްކަތަކީ މާތް މަގްސަދެއްގައި ކުރާ މާތް މަސައްކަތެއް," ގިނަ ބަޔަކު ބައިވެރިވި ފޯރިގަދަ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ވޮއިސް 

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުމުގެ މައްސަލަ ކަމަށެވެ. އަންނަ އަހަރަކީ ދަރަނީގެ ގޮތުގައި ދެ ބިލިއަން ޑޮލަރުގެ އަނބުރާ ދައްކަން ޖެހޭ އަހަރެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އިގްތިސާދު ކުރިއަރާ ދާނެ ގޮތެއް ނެތި ހުއްޓިފައިވާ ކަމަށެވެ.

މުސާރަ ދިނުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށާ ގައުމު އޮތް ހާާލަތު ރަނގަޅު ކުރަން އެމްޑީޕީއާއެކު ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ ސަލާމަތް ހޯދައިދޭނެ ޕާޓީ ކަމަށެވެ. އަދި ވިދާޅުވީ ދަރަނި ދައްކާނެ ގޮތް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށާ އަދި ރާއްޖޭގެ އާންމު ހާލަތު ރަނގަޅު ކުރަން ދެން ކުރަން އޮތީ ކޮން ކަމެއްްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް. މި ޕާޓީއަކީ ރަނުން ރަނަށް މިން އަޅާނެ ޕާޓީއެއް," ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.