އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: ފޮޓޯ/ މިހާރު
ކުޅިވަރު
29 Jun 2025 | 12:31
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ބައްސާމްއަށް ބަންދުވެއްޖެ

އެފްއޭއެމްގެ އާ އަސާސީ ގަވާއިދާައެކު އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ އެވެ.

އެފްއޭއެމް އިން އިއްޔެ އެ އެސޯސިއޭޝަން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، އިންތިޚާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ އިއުލާންގައި ބުނެފައިވާގޮތުން އިންތިޚާބު ކުރަން ހަމަޖެހިފައިވަނީ އެ އެސޯސިއޭޝަންގެ ރައީސް، އެއް ފަސްޓް ނައިބު ރައީސް، ދެ ނައިބު ރައީސުން އަދި ހަތް އޯޑިނަރީ މެމްބަރުންނެވެ.

އަދި އެ އިއުލާނުގައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަކެއް ހިމަނައިފަ އެވެ. 

އޭގެ ތެރޭގައި، މަގާމުތަކަށް ކުރިމަތިލާ ފަރާތުގެ އެއްވެސް ޖިނާއީ އަދި މަދަނީ މައްސަލައެއް އޮވެގެން ނުވާނެ އެވެ. އަދި އެފަދަ ޙުކުމެއް އެއްވެސް ޝަރުއީ ކޯޓަކުން ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ފީފާގެ އެތިކްސް ކޮމިޓީ ނުވަތަ ކުޅިވަރުގެ އެހެން ޖަމިއްޔާއަކުން ކުށް ސާބިތުވެ ނުވަތަ ހުކުމް ކޮށްފައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. 

މިފަދައިން ޝަރުތުކޮށްފައިވާއިރު، ބައްސާމްގެ މައްޗަށް ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ބައްސާމަށް ނުވަ މަސް ދުވަހުގެ ސަސްޕެންޝަނެއް ދީފައިވާއިރު އެ މައްސަލަ އިސްތިއުނާފު ކުރަން ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) އަށް ހުށަހެޅުމުން އެ ކޯޓުން ވެސް ހުކުމް ކުރީ އޭނާއާ ދެކޮޅަށެވެ. އެހެންކަމުން، އެފްއޭއެމްގެ ރައީސް ކަމަށް އޭނާއަށް ކުރިމަތި ނުލެވޭނެއެވެ. 

އެފްއޭއެމްގެ އިއުލާނުގައިވާގޮތުން، އެ އެސޯސިއޭޝަންގެ އިންތިޚާބުގައި ކުރިމަތިލާ ފަރާތަކުން، އެފްއޭއެމްގެ މެމްބަރު ކުލަބު ތަކުގެ ތެރެއިން ފަސް ކުލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބު ހިމެނެން ޖެހޭނެ އެވެ.

މިދިޔަ އަހަރުވެސް ދެ ފަހަރު އެފްއޭއެމްގެ އިންތިޚާބު ބާއްވަން ވަނީ އިއުލާން ކޮށއފައެވެ. އެ ދެފަހަރުވެސް އިންތިހާބުގައި ބައްސާމް ވާދަ ކުރިއިރު، ފީފާއިން ވަނީ އެ އިންތިހާބު ހުއްޓުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ